ޚަބަރު

ކޮވިޑް-19: ބަންދުކުރި ތިން ރިސޯޓްވެސް ހުޅުވާލައިފި

ކޯވިޑް-19 އާއި ގުޅިގެން ވަގުތީގޮތުން އަރާފޭބުން ހުއްޓުވި ތިން ރިސޯޓުވެސް ހުޅުވާލައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ވަގުތީގޮތުން އަރާފޭބުން ހުއްޓުވާފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީސް ބަތަލާ އަދިކުރަމަތި މޯލްޑިވްސްއެވެ.  

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވަނީ މި ތިން ރިސޯޓަށް އަރާފޭބުން ހުޅުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް މި ބަލިފެނުމުގެ ފުރުޞަޠު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމު އެ ރިސޯޓްތަކުގައި ހަމަޖައްސާފައި ވާކަމަށެވެ.

އަދި އެކަހެރިކޮށްފައިވާ ފަރާތްތައް ޢަމަލުކުރާނެ ގޮތާ ބެހޭގޮތުން އެކުލަވާލައިފައިވާ އުސޫލުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް އެ މީހުން ޢަމަލު ކުރަމުންދޭތޯ ރިސޯޓްގެ މެނޭޖްމަންޓުން ބަލާ ކަށަވަރުކުރަމުންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހަމައެއާއެކު އެ ރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން “އެގްޒިޓް ސްކްރީން” ކުރެވޭނެއެވެ. އަދި މީގެ އިތުރުން މިބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި މިބަލި ފެތުރުނަ ނުދިނުމަށްޓަކާ ކުރާ މަސައްކަތްތައް ތަންފީޒު ކުރުމަށް ޞިއްޙީ މުވައްޒަފަކު ރިސޯޓްގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ކޯވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނުވަތަ ‘ޕެންޑަމިކް’ (ބަލިމަޑުކަމެއް) އެއް ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މިހާރު ވަނީ ކަނޑައަޅާފައެވެ. މިއީ ކޮރޯނާވައިރަސްއަކާ ގުޅިގެން ‘ޕެންޑަމިކް’ ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close