ޚަބަރު އިޓަލީގެ އެންމެ މަތީ ޝަރަފް، ޝަހީދުވި ޑައިވަރު މަހުދީއަށް އަރުވައިފި

އިޓަލީގެ އެންމެ މަތީ ޝަރަފް، ޝަހީދުވި ޑައިވަރު މަހުދީއަށް އަރުވައިފި

އިޓަލީގެ އެންމެ މަތީ ޝަރަފް، ޝަހީދުވި ޑައިވަރު މަހުދީއަށް އަރުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފެލިދެއަތޮޅުގައި ގެއްލުނު ޑައިވަރުންތަކެއް ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މަރުޙޫމް މުޙައްމަދު މަހުދީ ވީ މަތިވެރި ޤުރުބާނީގެ އަގުވަޒަންކުރުމުގެ ގޮތުން، އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު އޭނާގެ ހަނދާނަށް އަރުވައިފިއެވެ.

އިޓަލީ ސަރުކާރުން ދޭ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" މަހުދީގެ ހަނދާނަށް އަރުވާފައިވަނީ، ރާއްޖެއާއި އިޓަލީވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމާއި، އެ ގައުމުގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މަހުދީގެ ހަނދާނީ ޝަރަފުގެ މެޑަލްއާ އާއިލާގެ ފަރާތުން ހަވާލުވީ އޭނާގެ ދެ ދަރިންނެވެ. އަދި އާއިލާގެ ގިނަ މެންބަރުން ހާޒިރުވި މި ރަސްމިއްޔާތުގައި އެ ދަރިންނަށް މެޑަލް ހަވާލުކޮށްދެއްވީ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗްއާއި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.

މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު ފެލިދެއަތޮޅުގައި ފީނަން އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތުގެ ތެރެއިން ހާލުދެރަވެ، ފަރުވާދެނިކޮށް މަހުދީ ނިޔާވި ހާދިސާއަކީ މުޅި ގައުމަށާއި ދިވެހި އަސްކަރިއްޔާއަށް ބޮޑު ހިތާމައެއް ލިބުނު ކަމެކެވެ. ނަމަވެސް އިޓަލީ ސަރުކާރުން އަރުވައިފި މި މަތިވެރި ޝަރަފާއެކު އޭނާގެ ހިތްވަރާއި ޤުރުބާނީ ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގެންފައެވެ.

ޓެގް

އިޓަލީ މަހުދީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.