ކުޅިވަރު ޗެލްސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ޗެލްސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ 1 ވަނާގައި އޮތް ޗެލްސީ އާއި ތާވަލުގެ 8 ވަނާގައި އޮތް ބާންލީ ބައްދަލުކުރި މެޗު 1-1 ން އެއްވަރުވެގެން ނިމިއްޖެއެވެ.

މިރޭގެ މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ޗެލްސީއިންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ 33 ވަނަ މިނިޓްގައި ހަވާޓް ޗެލްސީއަށް ލަނޑެއް ކާމިޔާބުކޮށްދިނުމެވެ. މި ލަނޑަށް ފަހުވެސް ޗެލްސީއިން ދިޔައީ ބާންލީގެ ގޯލަށް ބާރު ބޮޑުކުރަމުންނެވެ. މި ހުރިހާ ހަމަލާއެއްގެ ހުރަކަށް ވެގެން ދިޔައީ ބާންލީގެ ގޯލްކީޕަރެވެ.

މެޗުގެ ފަހުހާފުގައިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަވަގުތު ކުޅެމުން ގެންދިޔައީ ޗެލްސީ ނަމަވެސް ބާންލީއިން އުފެއްދި ކައުންޓް އެޓޭކެއްގައި މެޗުގެ 79 ވަނަ މިނިޓްގައި ވަނީ ލަނޑެއް ޖަހާފައެވެ.  މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވީޑްރާއެވެ.

ބާންލީގެ މި ލަނޑަށްފަހު ޗެލްސީއިން ގިނަ ބަދަލުތަކެއް ކުރިނަމަވެސް މެޗު ނިމިގެން ގޮސްފައިވަނީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ. މި ނަތީޖާ އާއިއެކުވެސް ޗެލްސީ އޮތީ ކުޅުނު 11 މެޗުން 26 ޕޮއިންޓާއި އެކު ޓޭބަލުގެ 1 ވަނާގައެވެ. މިރޭ މެންޗެސްޓާރ ޔުނައިޓޭޑާއި ކުޅެ 2-0 ލަނޑުން މޮޅުވި މެންޗެސްޓާ ސިޓީ އޮތީ 23 ޕޮއިންޓާއިއެކު ޓޭބަލުގެ 2 ވަނާގައެވެ. 10 މެޗުން ހޯދި 22 ޕޮއިންޓާއިއެކު ލިވަޕޫލް އޮތީ ޓޭބަލުގެ 3 ވަނާގައެވެ. ލިވަޕޫލުން މާދަމާރޭ ކުޅޭ މެޗުން މޮޅުވެގެން 25 ޕޮއިންޓާއިއެކު ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުޞަތު އެބައޮތެވެ.   

ޓެގް

ބާންލީ ޗެލްސީ ޕްރިމިއަރލީގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.