ޚަބަރު

އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ވަކިކޮށްފި، ބެލެނިވެރިން މުޒާހަރާއަށް!

އަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު ސުޖާއު މަގާމުން ވަކިކުރުމާއި ގުޅިގެން އެސްކޫލްގެ ބެލެނިވެރިން މުޒާހަރާއަށް ނުކުމެއްޖެއެވެ.

އަރަބިއްޔާގެ ޕްރިންސިޕަލް ކަމުން ސުޖާއު ވަކިކުރުމަށްފަހު އެ ސްކޫލު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ސްކޫލުތަކުގެ ވެރިންނަށް ގެންނަމުންދާ ބަދަލުތަކުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

އަރަބިއްޔާގެ ޕްރިންސިޕަލް ކަމުން ސުޖާއު ވަކިކުރުމަށްފަހު އޭނާ ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ.

މިކަމާ ގުޅިގެން އަރަބިއްޔާގެ ބެލެނިވެރިން މިރޭ ކުރި އިހުތިޖާޖުގައި ސަރުކާރަށް ގޮވާލާފައިވަނީ މި ނިންމުން އަނބުރާ ގެންދިޔުމަށާއި މިއީ އަރަބިއްޔާ ސްކޫލަށް ކުރާ މަލާމާތެއް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close