ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހުގެ ބިރުވެރިކަން އިތުރަށް ބޮޑުވަމުންދާތީ، ދިވެހި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައިފިއެވެ. އެގޮތުން ކްރޫޒްލައިނާތައް ރާއްޖެ އައުން މި ވަގުތަށް މެދުކަނޑާލަން ސަރުކާރުން ވަނީ ނިންމަވައިފައެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކްރޫޒްލައިނާތައް ރާއްޖެ އައުމުގެ ހުއްދަ ދެން ދޭނީ ކޮރޯނާވައިރަސްގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ވަނީ އީރާނުގެ މަގުން ނުވަތަ އެ ގައުމުން ރާއްޖެ އައުން ވެސް މިއަދުން ފެށިގެން މަނާކޮށްފައި ކަމަށް އަމީން ވިދާޅުވި އެވެ. އަދި ޗައިނާ ފިޔަވައި ދެން ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން ވެސް ރާއްޖެ އަށް މީހުން އައުން މިވަގުތަށް މަނާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން، މިހާރު ވެސް ޗައިނާ އިން ރާއްޖެ އަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.
އަމީން ވިދާޅުވީ، ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ރާއްޖެ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާގެ ސަބަބުން، ރާއްޖެ އިން މިހާތަނަށް އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވް ނުވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...