އަލްފާބެޓް، އެމެޒޯން އަދި މެޓާ އެއްކޮށްލިޔަސް އެޕަލްއާއި އެއްވަރު ނުވޭ: ރިޕޯޓް
ޓެކްނޮލޮޖީގެ މަޝްހޫރު ބޮޑެތި ކުންފުނިތައް ކަމުގައިވާ އަލްފާބެޓް، އެމެޒޯން އަދި މެޓާ މިތިންކުންފުނީގެ މިލްކިއްޔާތު އެއްކޮށްލިޔަސް އައިފޯން އުފެއްދުމުގައި މަޝްހޫރު އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ މިލްކިއްޔާތާއި ހަމަހަމަ ނުވާނެކަން ފައިނޭންޝަލް ދިރާސީ ރިޕޯޓަކުން ހާމަވެއްޖެއެވެ.
ޔާހޫއިން ނެރުނު ރިޕޯޓެއްގައި ވާގޮތުން މިދިޔަ ބުދަ ދުވަހު ވިޔަފާރި ނިމުނުއިރު، އަލްފާބެޓް، އެމެޒޯން އަދި މެޓާ މިތިންކުންފުނީގެ މާކެޓް ކެޕްސް ޖުމްލަ 2.306 ޓްރިލިއަން ޑޮލަރަށް އަރާފައިވެއެވެ. ގޫގުލްގެ ބެލެނިވެރި އަލްފާބެޓްގެ މާކެޓް ކެޕިޓަލަކީ 1.126 ޓްރިލިއަން ޑޮލަރެވެ. އެމެޒޯންގެ މާކެޓް ކެޕިޓަލަކީ 939.78 ބިލިއަން ޑޮލަރެވެ. އަދި ފޭސްބުކްގެ ބެލެނިވެރި މެޓާގެ މާކެޓް ކެޕިޓަލަކީ 240.07 ބިލިއަން ޑޮލަރު ކަމަށް ޔާހޫ ފައިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޕަލްގެ ހިއްސާ ހުކުރު ދުވަހު އަށް ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައި ވަނީ ހަތަރު ވަނަ ކުއާޓަރުގެ އާމްދަނީ ހީކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާތަކެއް ނެރުމުންނެވެ. އެމީހުންގެ އާމްދަނީ ރިޕޯޓްތަކަށް ފަހު މެޓާ 20 ޕަސެންޓަށް ވުރެ ދަށަށް ގޮސްފައިވާއިރު، އެމެޒޯން ގާތްގަނޑަކަށް 10 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، އަލްފާބެޓް ވަނީ އެއް އަދަދުގެ ދަށަށް ގޮސްފަ އެވެ.
އަލްފާބެޓް، އެމެޒޯން، އަދި މެޓާ އިން ރިޕޯޓްކޮށްފައިވާ އާމްދަނީ ދަށްވުމުން ޑިޖިޓަލް އިޝްތިހާރަށް ޝައުގުވެރިކަން ދަށްވެފައިވާ ކަމަށް އެ އައުޓްލެޓުން ބުނެ އެވެ. ލިބުނު ދަށް ނަތީޖާތަކުގެ ސަބަބުން އެމީހުންގެ ހިއްސާ ދަށަށް ދިޔައިރު، ބިލިއަން ޑޮލަރުގެ މާކެޓް ވެލިއު ފޮހެވި، އެމެޒޯނަށް މަޖުބޫރުވީ ޓްރިލިއަން ޑޮލަރުގެ މާކެޓް ކެޕްސް ހުރި ކުންފުނިތަކުގެ ކްލަބުން ވަކިވާށެވެ.
މާކެޓް ވޮޗުން ބުނާ ގޮތުގައި މި ތަފާތު ދައްކުވައިދެނީ މި އަހަރު ޓެކްނޮލޮޖީގެ ހިއްސާގެ ކުރިއެރުން ދަށަށް ދިއުމެވެ. ޑައު ޖޯންސް މާކެޓް ޑޭޓާއިން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ނިންމާލުމަށް އެޕަލްގެ އަގު 2.913 ޓްރިލިއަން ޑޮލަރަށް އަރާފައިވެ އެވެ. އަލްފާބެޓް، އެމެޒޯން އަދި މެޓާ ގްރޫޕް ކުރުމުގެ އަގު އޭރު އޮތީ 4.410 ޓްރިލިއަން ޑޮލަރަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފާއިތުވި ފަސް ސެޝަންގައި އެޕަލްގެ ސްޓޮކް 0.16 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު، އަލްފާބެޓްގެ ހިއްސާގެ އަގު %5.7 ޕަސެންޓް ދަށްވެފައިވާއިރު، އެމެޒޯންގެ ހިއްސާގެ އަގު 17.0 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، އެ މުއްދަތުގައި މެޓާގެ ހިއްސާގެ އަގު ވަނީ 7.6 ޕަސެންޓް ދަށްވެފަ އެވެ.
އެޕަލްގެ ވިޔަފާރި މިހާބޮޑުތަނުން އުފުލިފައިވަނީ އެމީހުންގެ އެންމެފަހުގެ މެކް އުފެއްދުންތަކަށް މާކެޓްގައި ލިބުނު ތަރުހީބުކަމަށް މިފަދަ ދިރާސާތައް ކުރާ ފަރާތްތަކުން ބުނެއެވެ.


