ޚަބަރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޮލަމާފުށީގެ ގެތަކުގައި ފެންބޮޑުވެ، ކަރަންޓު ކެނޑި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޮލަމާފުށީގެ ގެތަކުގައި ފެންބޮޑުވެ، ކަރަންޓު ކެނޑި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޮލަމާފުށީގެ ގެތަކުގައި ފެންބޮޑުވެ، ކަރަންޓު ކެނޑި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގއ. ކޮލަމާފުށީގެ މަގުތަކުގައާއި ގޭގޭގައި ފެންބޮޑުވެ، ރަށުގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި ގޮތުގައި، ވިއްސާރައިގެ ސަބަބުން ކޮލަމާފުށީގެ ގިނަ އަދަދެއްގެ އަމިއްލަ ގެތަކަށާއި ރަށުގެ މުއައްސަސާތަކަށް ވަނީ ފެންވަދެފައެވެ. އަދި ބައެއް ގެތަކުން ކަރަންޓު ކެނޑިފައިވާއިރު، ރަށު ކައުންސިލާއި އާންމު ރައްޔިތުން ގުޅިގެން މިހާރު ދަނީ މަގުތަކުންނާއި ގޯތިގެދޮރުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮލަމާފުށި ކައުންސިލްގެ ރައީސް މުސްއަދު ސައީދު ވިދާޅުވީ، ރަށަށް މޫސުން ގޯސްވެ ވާރޭވެހެން ފެށީ މިއަދުގެ ފަތިހުން ފެށިގެންނެވެ. ހުކުރު ވަގުތު ވެސް ނުހަނު ބޯކޮށް ވާރޭވެހި، ދުވަހުގެ އެކި ވަގުތުތަކުގައި ވެހުނު ބޯ ވާރޭގެ ސަބަބުން ރަށުތެރޭގައި ބޮޑު ފެންގަނޑެއް އުފެދިފައިވާ ކަމަށާއި، މިހާރު ވެސް އުޑުމަތި ބަނަކޮށް އޮތުމުން އިތުރަށް ވާރޭވެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހާދިސާގައި ގެއްލުން ލިބުނު ގެތަކުގެ އަދަދު ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށާއި ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ސިފައިންގެ ޓީމު ކޮލަމާފުއްޓަށް ދަތުރުކުރަމުން ދަނީ ފެން ހިއްކާ ޕަންޕުތަކާއި، ގެތަކަށް ފެންވަނުން ހުއްޓުވުމަށް ޖަހާ ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެންނެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަކީ ވިއްސާރަ މޫސުމުގައި އާންމުކޮށް ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަތައް ދިމާވާ ސަރަހައްދެކެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭއިރު، ފެންބޮޑުވުމާއި އުދައެރުމުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ޓެގް

މެޓްއޮފީސް މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.