ޚަބަރު

ފުލުހުންގެ ދިފާޢުގައި ފުލުހުން ތިބިކަން ހާމަކުރަނީ

ފުލުހުންގެ ޑްރަގް އެންޑްފޯސްމަންޓް ޑިޕާޓްމަންޓް ޔުނިޓުން ހިންގި ޚާއްޞަ އޮޕްރޭޝަނެއްގެ ދަށުން މާލޭގެ ގެއަކުން މީހަކު ހައްޔަރުކުރުމުގައި ބާރުގެ ބޭނުންކޮށް ތަޅާ އަނިޔާކުރި ވީޑިއޯއެއް އާންމުވެ، 7 ފުލުހަކު ސަސްޕެންޑު ކުރުމާއި ގުޅިގެން ގިނަ ފުލުހުންތަކެއް އެމީހުންގެ ދިފާއުގައި މީސް މީޑިޔާގައި ޝުއޫރު ފާޅުކުރަން ފަށައިފިއެވެ.

އެގޮތުން ގިނަފުލުހުން ތަކެއް އިއްޔެއިން ފެށިގެން އެމީހުންގެ ފޭސްބުކް ޕްރޮފައިލް ފޮޓޯގެން ދަނީ ކަޅުކުރަމުންނެވެ. ބައެއް ފުލުހުންގެ ޕްރޮފައިލް ފޮޓޯވަނީ “ވިތް ޑީއީޑީ” ޖަހާފައިވާ ކަޅު ކުލައިގެ ފޮޓޯއަކަށް ބަދަލުކޮށްފައެވެ.

އެކަމާގުޅޭގޮތުން ދަންނަ ، ގާތް ފުލުހުންގެ މީހަކާ ފޯނުން ގުޅާލުމުން ނޫހުގައި ނަންނުޖެހުމަށް އެދި ބުނީ ޕްރޮފައިލް ފޮޓޯ ކަޅުކުރަމުން ގެންދަނީ ސަސްޕެންޑްކުރި ފުލުހުނާއެކުގައި އެމީހުންވެސް ތިބިކަން ހާމަކޮށްދިނުމަށް ކަމަށެވެ.

ކަމެއް ހިނގައިފިކަން އަހަރެމެންވެސް ޤަބޫލުކުރަން. އެކަމަކު ކަންކަން ހިނގަންވާނީ އޮންނައުޞޫލުން. އެންމެކުޑަމިނުން ތަޙްޤީޤެއްވެސް ހިންގުމެއްނެތި ހަމަވަގުތުން ފިޔަވަޅުއެޅީ. އޭތި އަހަރެމެން ބަލައެއް ނުގަންނަން. ޕޮލިސްމީހާ ބުންޏެވެ.

ސޯޝަލް މީޑިއާގައި ލީކްވި ވީޑިއޯއާއި ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވަނީ  7 ފުލުހަކު ސަސްޕެންޑު ކުރުމުގެ އިތުރުން ޖިނާއީ ތަހުގީގެއް ވެސް ހިންގަން ފަށާފައެވެ.

މާފަންނު ގެއެއްގެ ތެރޭގައި ފުލުހުން ހިންގި އެ  އޮޕަރޭޝަނުގައި 471 ގުރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ފުލުހުންގެ ޕްރޮފައިލް ޕިކްޗަރ ކަޅުކުރުމާއި ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރިވިސް އިން އަދި އެއްޗެއް ބުނިކަމެއް އެނިގިފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close