ރާއްޖެއިން އިތުރު 110 ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 110 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން މިރޭ ބުނީ, މާލެއިން އިތުރު 34 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން އިތުރު 73 މީހުންނާއި، ރިސޯޓުތަކުން އިތުރު 03 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ގޮތުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 79864 އަށް އަރާފައިވާއިރު، މިހާތަނަށް ރަނގަޅުވެފައިވަނީ 77953 މީހުން ކަމަށެވެ. ހަމައެހެންމެ މިހާރު ފަރުވާދެނީ 1677 މީހުންނަށް ކަމަށާއި، މިހާތަނަށް ނިޔާވެފައިވަނީ 222 މީހުން ކަމަށެވެ.
އަވަށްޓެރި ސްރީލަންކާގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ ކުރިއަށް އޮތް 10 ދުވަހަށް ވަނީ މުޅި ޤައުމު ލޮކްޑައުންއަކަށް ގޮސްފައެވެ.
އެކަމާގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް ވަރުގަދަ ކުރުމަށް ބައެއްފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

