ޚަބަރު

މުދާ ހިފައިގެން ޓުޓިކޮރިންއިން ސީދާ ކުޅުދުއްފުއްޓަށް އައި ފުރަތަމަ ބޯޓު ބަނދަރުކޮށްފި

އިންޑިއާގެ ޓުޓިކޮރިންއިން ކުޅުދުއްފުށި ސިޓީއަށް ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތުގެ ދަށުން، ކުޅުދުއްފުށި ޕޯޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު މިއަދު ބަނދަރުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކުރެއްވި ގޮތުގައި، “ވީބީ ޕްރޮގްރެސް” ނަމަކަށް ކިޔާ މި ބޯޓުން ޓުޓިކޮރިންއިން 127 ޓަނުގެ މުދާ ގެނެސްފައިވެއެވެ. މި މުދަލުގެ ތެރޭގައި އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި އަމިއްލަ ވިޔަފާރިއެއްގެ ޕެރިޝަބަލް ކާގޯ ހިމެނެއެވެ.

މި ދާއިމީ އިންތިޒާމުގެ ސަބަބުން ކުޅުދުއްފުއްޓާއި އުތުރުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިވަގުތު ކޮންމެ މަހަކު ޓުޓިކޮރިންއިން ކުޅުދުއްފުއްޓަށް އެއް ދަތުރު ކުރާ ގޮތަށް ޝެޑިއުލްކޮށްފައިވީ ނަމަވެސް، މުދާ ގެންނަ މިންވަރަކުން މި ދަތުރުތައް އިތުރުކުރެވޭނެކަމަށް އެމްޕީއެލްއިން ބުންޏެވެ. މިއީ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ބަނދަރުގެ އޮޕަރޭޝަންސްތައް ހަރުދަނާ ކުރުމަށް އެމްޕީއެލްއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ގުޅުންހުރި ލިޔުންތައް

މި މަސައްކަތުގެ ތެރެއިން، މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކުޅުދުއްފުށީ ވިޔަފާރިވެރިންނާ އެކު އެމްޕީއެލްއިން ބައްދަލުވުމެއް ބާއްވައި، އުތުރުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމާއި މުދާ ގެނައުމުގެ އިންތިޒާމްތައް ރަނގަޅު ކުރުމާ ބެހޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، މިދިޔަ އަހަރު ޓުޓިކޮރިންއިން ހިތަދޫ ޕޯޓަށް ދާއިމީކޮށް މުދާ ގެނެވޭނެ އިންތިޒާމްތައް ރާވައި، ފުރަތަމަ މަހަކު އެއް ދަތުރު ޝެޑިއުލް ކުރި ނަމަވެސް، މިހާރު މަހެއްގެ ކުރާ ދަތުރުގެ އަދަދު އިތުރުކޮށްފައިވާކަން ވެސް އެމްޕީއެލްއިން ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close