ބޭރުދުނިޔެ ފަލަސްތީނުގެ އިތުރު 13 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ އިތުރު 13 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ އިތުރު 13 މީހަކު ޝަހީދުކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި އިތުރު 13 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ސިއްޙަތާ ބެހޭ މިނިސްޓްރީން ބުދަ ދުވަހު ހާމަކުރި ގޮތުގައި އިޒްރާއީލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އިތުރު 13 ރައްޔިތުން ޝަހީދުވެފައިވެއެވެ. މިއާއެކު މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 43,985 އަށް އަރާފައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިހާތަނަށް 104,092 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރާއީލުން ދެ ޢާއިލާއަކަށް އަމާޒުކޮށް ހަމަލާދީ، 13 މީހުން ޝަހީދުކޮށްލައި، 84 މީހުން ޒަޚަމްކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

“ގިނަ މީހުން އަދިވެސް ވަނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ތެރޭގައާއި މަގުމަތީގައި ތާށިވެފައި، ސަލާމަތްކުރާ ޓީމުތަކަށް އެމީހުންނާ ހަމައަށް ދެވޭގޮތް ވަނީ ނުވެފައި،” މިނިސްޓްރީން އެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރު ހަމާސްގެ ހަމަލާއަކަށްފަހު، އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވަނިކޮށް، އިޒްރާއީލުން ވަނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ފަށާފައެވެ.

ޣައްޒާގައި ދެވަނަ އަހަރަކަށް ފެށިފައިވާ ނަސްލު ނައްތާލުމުގެ މި ޢަމަލުތަކަކީ ވަކި ބަޔަކު ނައްތާލުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ފަރާތްތަކާއި މުއައްސަސާތަކުން ފާހަގަކުރަމުންދެއެވެ. އަދި ޣައްޒާގައި ހިންގަމުންދާ މި ނުރައްކާތެރި ހަނގުރާމައާ ގުޅިގެން އިޒްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުގައި މައްސަލައެއް ހިނގަމުންދެއެވެ.

ޓެގް

ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.