ޚަބަރު

“ދައުލަތުގެ ރިޒާވްގައި މިހާރު ފައިސާއެއް ނެތް” : ރައީސް ނަޝީދު

ރައްޔިތުން ބޭނުންވާ އަސާސީ ކަންކަން ފުއްދުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ރިޒާވްގައި މިހާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓަށް ބަހުސް ކުރެއްވުމަށް ފުރުސަތު އަރުވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް ބޭނުންވާ ފައިސާ މިހާރު ދައުލަތުގެ ރިޒާވުގައި ނެތް ކަމަށެވެ. އަދި އެކަން އެހެން ގޮތަކަށް ބަދަލު ކޮށްގެން މަޖިލީހުގެ މެންބަރުން ވާހަކަފުޅު ނުދެއްކުމަށް އެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި ދައުލަތުގެ ރިޒާވް ގައި ފައިސާ ހުރި ކަމަށް ބުނުމަކީ ކަނޑައެޅިގެން ރައްޔިތުންނަށް ވެވޭ އޮޅުވާލުމެއް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

“ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ ނެތީސް، މި މަޖިލީހުގައި އެހެން ގޮތްގޮތަށް ވާހަކަދައްކަވަމުން ގެންދިއުމަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލެވޭ ވަރަށް ބޮޑު އޮޅުވާލުމެއް. އަދި، ހާއްސަކޮށް، މަޖިލީހުގެ ރިޔާސަތުގައި އަޅުގަނޑު އިނދެ، ފާހަގަނުކޮށް ބާއްވަން ޖެހޭނެ ނުކުތާއެއް ނޫން” ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ފޮރިން ރިޒާވް ގައި ހުރި ބޭރު ފައިސާގެ އަދަދު ވެސް ހުރީ ވަރަށް މަދުވެފައި ކަމަށާއި، މިކަންކަމަކީ ރައްޔިތުންނަށް އެނގެންޖެހޭ ކަންތައްތައް ކަމަށެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކުރި ބަޖެޓުގެ ބަހުސް މިހާރު ކުރިއަށްދާއިރު، މި ބަޖެޓާއި ގުޅިގެން ރައީސް ނަޝީދު ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close