ޚަބަރު

ސާއިލް ގެ “އެ ދުވަސް ގެނެވޭނެ” ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވައިފި

ނަފްސާނީ ބަލިތަކާ ގުޅޭގޮތުން އަޙްމަދު ސާއިލް ޢަލީގެ އަމިއްލަ ތަޖުރިބާ ހިމަނައިގެން ލިޔުއްވައިފައިވާ “އެ ދުވަސް ގެނެވޭނެ” ފޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މި ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައި ވަނީ އެ ފޮތުގެ މުޞައްނިފު އަދި ނޫސްވެރިޔާ އަޙްމަދު ސާއިލް ޢަލީއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސާއިލްގެ މި މަސައްކަތަށް ތައުރީފުކުރައްވައި މި ފޮތާއި ގުޅޭގޮތުންނާއި އަދި ރާއްޖޭގައި ނަފްސާނީ ބަލިތަކުގެ ހާލަތާ ގުޅޭގޮތުން ސާއިލްއާ ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައިޖީއެމްއެޗްގައި ޤާއިމުކޮށްފައިވާ މެންޓަލްހެލްތް ސެންޓަރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސާއިލް ވަނީ ފޮތުގައި އެކުލެވޭ ބައިތަކުގެ މަޢުލޫމާތާއި ރާއްޖޭގައި ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް ކުރިމަތިވާ ބައެއް ދަތިތައް ރައީސްއާ ހިއްސާކުރައްވައިފައެވެ. އަދި މި ފޮތުގެ އެންމެ މުހިންމު ބޭނުމަކީ ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުންދާ މީހުންނަށް އެކަމުން އަރައިގަތުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުންކަން ސާއިލް ފާހަގަކުރައްވާފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close