ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ 241 ކޮމެޓީއަށް ހުށަހަޅައިފި
މޯލްޑިވްސް ޔޫތް ފޯސް ގެ ނަމުގައި ހަދާފައިވާ ޓްވިޓަރ އެކައުންޓަކުން، ސޯޝަލް މީޑިއާގައި ޢާންމުކޮށްފައިވާ ވީޑިއޯއެއްގައި ޕީޕީއެމްގެ ރައީސް، ޔާމީން ޢަބްދުލްޤައްޔޫމްގެ ހަށިކޮޅަށް ގެއްލުންދޭނެ ކަމުގެ އިންޒާރުދީފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅައިފިއެވެ.
މިމައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫންއެވެ. ޣާއްސާން މިމައްސަލަ ހުށަހަޅުއްވައި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެއްވެސް މީހަކަށް އިންޒާރު ދިނުމާއި ބިރުދެއްކުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނު)ގެ (4) ވަނަ މާއްދާގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއްކަމަށެވެ. އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުންމަނާކުރުމުގެ ޤާނޫނު) ގެ (2) ވަނަ މާއްދާގެ (ހ) ގެ ދަށުން ބިރުދެއްކުމުގެ ޢަމަލެއްކަމަށެވެ.
އެހެންކަމުން، ޤާނޫނުތަކުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން 2022 އޭޕްރީލް 30 ވަނަ ދުވަހުގެ ރޭ 2:18 ގައި ދިވެހި ފުލުހުންގެ ޚިދުމަތަށް މި މައްސަލަވާނީ ހުށަހަޅާފައިކަމަށެވެ. ނަމަވެސް އެ ޚިދުމަތުން މިމައްސަލަ ބަލަން ފަށާފައިވާކަމުގެ އެއްވެސް އިޝާރާތެއް ޕީޕީއެމްއަށްވެސް އަދި ޕާޓީގެ ރައީސްއަށްވެސް ލިބިފައި ނުވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ބެލެވޭ މިވާހަކަތައް ދައްކާފައިވާ މިވީޑިއޯއަށް މީސްމީޑިއާ މެދުވެރިކޮށް ސަލާމަތީ ޚިދުމަތްތަކާ ގުޅުންހުރި ސަރުކާރުގެ އިސްވެރިޔަކު ތާއީދުކޮށް ތަރުހީބު ދީފައިވާކަންވެސް ކަންބޮޑުވުމާއެކު ޣައްސާން ވަނީ ފާހަގަކޮށްފައެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަކީ، ދިވެހިރާއްޖޭގެ އެންމެ އިސް އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އެންމެ އިސްވެރިޔާގެ އިތުރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެއް. މިގޮތުން، ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށް ދެއްވުމަކީ، ދިވެހި ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް.
– ޣައްސާން ވިދާޅުވިއެވެ.
މިހެން މިކަންއޮތްއިރު، ކަމާބެހޭ މުއައްސަސާތަކުން މި ފަދަ ކަންކަން ސީރިއަސްކޮށް ނަންގަވައި އެކަންކަމާމެދު އެކަށީގެންވާ ފިޔަވަޅު އަވަސްމިނެއްގައި އަޅުއްވާފައިނުވުމަކީ މީގެ ގާތްގަނޑަކަށް އެއް އަހަރުކުރިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މަނިކުފާނަށްވެސް ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއް ދެވިފައިވާ ސަބަބު ކަމަށް 19 ވަނަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ އިންކުއަރީ ރިޕޯޓުން
ހާމަވެފައިވާކަން ޣައްސާން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ރައީސް ޔާމީނަށް އަމާޒުކޮށްފައިވާ މި އިންޒާރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބައްލަވައި ދެއްވުމަށް ވަނީ އެދިފައެވެ. އަދި މިމައްސަލައިގައި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ޢަމަލުކޮށްފައިވާ ގޮތްވެސް ސާފުކޮށްދެއްވުމަށް ވަނީ އެދިފައެވެ.


YAG should meet Adeeb for peace talk to stop the threat from Youth force
Youth Force namuga kudhinkolheh neregen YAG ah biru dhekkumah takai Roadhamahu kureekolhu M.Embulimaage kujjakah Adeeb 300,000 rufiuaa dhin kamashaa adhi kuriyah oiythanuga ithuru faisaa dheyne kamah Youth Force get isfaraathakun kashavaru kohdhevvaifi. Emeehaky Adeeb ge baaru oiydhuvasvaru PPM sarukaaruga powerful meehekeve.