ޚަބަރުދީން

ޢީދަކީ ﷲގެ ޙައްދުތައް ފަހަނައަޅައި ދިއުމަށް ހުޅުވޭ ދޮރެއް ނޫން: ޢީދު ޚުޠުބާ

އިސްލާމް ދީނުގައި އީދު ފާހަގަކުރުމަކީ ޝަހްވަތްތަކުގެ ފަހަތުން ދިއުން ނޫންކަން ހަނދާންކޮށްދީ، ހައްދުތައް ފަހަނައަޅައި ނުދިއުމަށް މިއަދުގެ އަޟްހާ އީދު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދު ދިން ހުތުބާގައި ވަނީ އީދުގެ ދުވަސްތައް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ހެދުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި އެއީ އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމުގެ ދުވަސްރަކަކަށް ހަދައި، އެއްބަޔަކު އަނެއް ބަޔަކާ އަތާއިއަތް ޖޯޑުކޮށް، ސަލާމުގަލާމް ކުރާ ދުވަސްތަކަކަށް ހެދުމަށް ގޮވައިލައިފަ އެވެ.
އީދަކީ އުފާ ފަޅުކުރުމުގެ ދުވަސްތަކެއް ނަމަވެސް ހުތުބާގައި ބުނި ގޮތުގައި އެއީ ޝަހްވަތްތަކުގެ ފަހަތުން ދިއުމެއް ނޫނެވެ. އަދި އީދު ފާހަގަ ކުރަންވާނީ އެހެން މީހުން އީދު ފާހަގަކުރާ ގޮތް ކޮޕީކޮށްގެން އެގޮތަކަށް ވެސް ނޫނެވެ.
“އިސްލާމްދީނުގައި އީދު ފަހާގަކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުމެއް ނޫނެވެ. އެއީ ﷲ ގެ ހައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވައިލެވޭ ދޮރެއް ނޫނެވެ. އިސްލާމްދީނުގައި އީދުތަކަކީ ﷲ ގެ އަމުރުފުޅުތަކަކަށް ކިޔަމަން ގަތުމާއި ވިދިގެން އަންނަ ދުވަސްތަކެކެވެ،” ހުތުބާގައި ބުނެފައިވެ އެވެ.
“އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެކެވެ. އެހެނަސް މި އުފާ ފާޅުކުރަންވާނީ ﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގަ އެވެ. ކުޅިވަރު ކުޅުމާއި، އުފާކުރުމާއި، ކެއިންބުއިމަކީ އީދުގެ އުފަލުގެ ބައެކެވެ. އަހަރެމެން އީދު ފާހަގަކުރަންވާނީ އެހެން މީހުން އީދު ފާހަގަކުރާ ގޮތް ކޮޕީކޮށްގެނެއްނޫނެވެ.”

ހުތުބާގައި ބުނި ގޮތުގައި އީދު ދުވަހަކީ ޤުރްބާން ކުރުމުގެ ދުވަހެވެ. އުޟްހިޔާ ކަތިލުމަކީ ކުޅަދާނަވެގެންވާ މީހާގެ މައްޗަށް އޮތް ގަދަވެގެންވާ ސުންނަތެއް ކަމަށް ހުތުބާގައި ބުންޏެވެ.
“މި ދުވަސްވަރަކީ އަޅުކަމުގެ ފޯވައްސެކެވެ. އިއްޔެ ހައްޖުވެރީން ވަނީ އަރަފާތުގައި ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރި އިރު މިއަދަކީ އުޟްހިޔާ ކަތިލުމުގެ ދުވަހެވެ.” ހުތުބާގައި ބުނެފައިވެ އެވެ.
މާތް ﷲ ހައްޖާއި އީދު ޝަރުއު ކުރެއްވީ ހުތުބާގައި ބުނި ގޮތުގައި މި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކަ އެވެ. އެގޮތުން “އީދާއި ހައްޖަކީ ވެސް ސުލްހަ މަސަލަސްކަން ގެނުވައިދޭ އަޅުކަންކަމެވެ،” ހުތުބާގައި ބުނެފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close