ޚަބަރު

އާރުއޭސީއެލްގެ މުވައްޒަފުން ޑްރަގަށް ޓެސްޓުކުރާނެ ފަރާތެއް ހޯދަނީ

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މުވައްޒަފުން ރެންޑަމްކޮށް ޑްރަގް އަދި އަލްކޮހޯލަށް ޓެސްޓުކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން ބީލަމަށް ހުޅުވާލައިފިއެވެ.

މި މަސައްކަތަކީ އޭވިއޭޝަން ސޭފްޓީގެ މިންގަނޑުތައް ހިފެހެއްޓުމަށާއި، ރާއްޖޭގެ ސަރަހައްދީ އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކުގައި ސަލާމަތާއި އިތުބާރު ދެމެހެއްޓުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އާރުއޭސީއެލް އިން ބުނި ގޮތުގައި މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެއެވެ. ރަޖިސްޓްރީވުމަށްޓަކައި ކުންފުނީގެ ޓެންޑަރ އީމެއިލަށް ބޭނުންވާ މައުލޫމާތު ފޮނުވަން ޖެހޭއިރު، ބީލަމުގެ މަރުހަލާގައި ރަޖިސްޓްރީވުމަކީ މަޖުބޫރު ކަމެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމާ ގުޅޭ ޓެކްނިކަލް ތަފްސީލުތަކާއި ޝަރުތުތައް ހިމެނޭ ލިޔެކިޔުންތައް ފޮނުވޭނެއެވެ.

މި ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން އެކި ހާލަތްތަކުގައި ޓެސްޓުތައް ކުރިއަށްގެންދަން ޖެހޭނެ ކަމަށާއި، އެކަން ކުރަންވާނީ ސިއްރު ހިފެހެއްޓުމާއެކު ނަތީޖާގެ ސައްހަކަން ކަށަވަރުވާނެ ގޮތަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައެއްކަ އެއާޕޯޓު ހިންގަމުން އަންނަ އާރުއޭސީއެލް އިން އަމާޒު ހިފާފައިވަނީ މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކޮށް، އެންމެ މަތީ ފަންތީގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close