ޚަބަރު

ދުނިޔޭގެ އެންމެ މަޤުބޫލު އެއާލައިންއަކީ ގަތަރު އެއާވޭސް: ދިރާސާ

ލަންޑަން (ސީއެންއެން) — އިނގިރޭސިވިލާތުގައި ހުންނަ އެއާލައިނެއް އަދި އެއާޕޯޓް ރިވިއު އެންޑް ރޭންކިން ސައިޓެއް ކަމަށްވާ ސްކައިޓްރެކްސް އިން ވަނީ ދުނިޔޭގެ މިހާރު އެންމެ ގަޔާވާ އެއާލައިން ހޯދުމަށް ސެޕްޓެމްބަރު 2021 އިން އޮގަސްޓް 2022 އާ ދެމެދު 100 އަށް ވުރެ ގިނަ ގައުމެއްގައި 14 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުގެން މެދުގައި ސާވޭ ހަދާފަ އެވެ.

އެސާވޭގެ ނަތީޖާއިން ދުނިޔޭގެ އެންމެ މަޤުބޫލު އެއާލައިންގެ މަޤާމަށް ހޮވުނީ ، 1999 ވަނަ އަހަރު އެވޯޑް ތައާރަފްކުރި ފަހުން ޖުމްލަ ހަތް ފަހަރު އެންމެ މަޤުބޫލު އެއާލައިންގެ މަޤާމް ހޯދާފައިވާ ގަތަރު އެއާވޭސް އެވެ.

މީގެ އެންމެ ދެ މަސް ކުރިން އެ ކުންފުނިން ވަނީ އެއާލައިންރޭޓިންސް ޑޮޓްކޮމް އިންވެސް ދުނިޔޭގެ އެންމެ މޮޅު އެއާލައިންތަކުގެ ރޭންކިންގެ އެއް ވަނަ ސްލޮޓް ނަގާފަ އެވެ.

ގަތަރު އެއާވޭސްގެ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލް ބަކަރ ވަނީ އޭނާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި އެމީހުންގެ 25 އަހަރު ފުރުން ފާހަގަކުރާ އަހަރު މި އެވޯޑްތައް ހޯދުމަކީ އެއަށް ވުރެ ބޮޑު ފައިދާއެއް” ކަމަށް ފާހަގަ ކުރައްވާފައެވެ.

އެވޯޑް ލިބުނުތާ މާގިނަ ދުވަހެއް ނުވެ އޭނާ ސީއެންއެން ޓްރެވަލްއަށް ބުނީ އެ އެއާލައިންގެ ދެމެހެއްޓެނިވި ކާމިޔާބީގެ ސިއްރަކީ “އެއްގޮތަކަށް ހިދުމަތާއި ޕްރޮޑަކްޓް ފޯރުކޮށް ދިނުމާއި ފަސިންޖަރުންނަށް ސަމާލުކަން ދިނުމާއި އެއާލައިންގައި މަސައްކަތްކުރާ އެންމެންގެ ފުރިހަމަ ޚިދުމަތްތެރިކަން ކަމަށެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close