ޚަބަރު ބޯކޮށް ވާރޭވެހި ހޮޅުދޫ ފެނުއަޑީގައި

ބޯކޮށް ވާރޭވެހި ހޮޅުދޫ ފެނުއަޑީގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ބޮޑުބަޔަކަށް މިހާރު ކުރަމުން މިދާ ގަދަ ވިއްސާރައިގައި ނ.ހޮޅުދުއަށް ވަރަށް ގިނައިން ވާރޭވެހި ރަށުގެ ބޮޑު ސަރަޙައްދެއް ފެނުއަޑީގައިވާކަމަށް އެރަށުން މައުލޫމާތު ދީފިއެވެ.

ހޮޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ ހޮޅުދުއަކީ ޢާއްމުކޮށް ފެންބޮޑުވާ ރަށެއްކަމަށްވެފައި މިއަދު ވެހެމުން މިދާ ވާރޭގައި ރަށުގެ ބޮޑު ސަރަޙައްދެއް ވަރަށް ބޮޑަށް ފެންބޮޑުވެ ގިނަ ގެތަކަށް ފެންވައްދާފައިވާކަމަށެވެ.

ފެންބޮޑުވެފައިވާ ހިސާބުތަކުގައި ހުރި ގެތަކަށް ފެންވަނުން ބަންދުކުރުމަށް ރަށުގެ ރައްޔިތުންނާއި، ފުލުހުން މަސައްކަތް ކުރަމުންދާކަމަށްވެސް އެރަށުން ވާހަކަދެއްކި މީހާބުންޏެވެ.

ނާރެސްއަށް ލިބިފައިވާ ބައެއް ފޮޓޯތަކުން ފެންނަގޮތުގައި އެރަށުގެ ބައެއް ހިސާބުތަކުގައި ބަހައްޓާފައިވާ ޖޯލިފަތިތަކުގެ މައްޗާހިސާބަށް ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވާ ކަންއެނގެއެވެ.

ހޮޅުދޫ ނޫނަސް ރާއްޖޭގެ އެކި ހިސާބުތަކުން އެކިރަށްރަށުގައި ފެންބޮޑުވެގެން އުޅޭކަން މީޑިއާ ރިޕޯޓްތަކުން އެނގެއެވެ.

ޓެގް

ހޮޅުދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.