ޚަބަރު

ހަށި ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ގއ. ދާންދޫގައި ހަށިވިއްކި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދާންދޫން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކުރި ހަތް މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެރަށުގައި ހަށި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި 20 އަހަރުގެ ދިވެހި އަންހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 39 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެން ހިމެނެ އެވެ.

އޭގެ އިތުރުން 25 އަހަރުގެ ބިދޭސީ ފިރިހެނެއްގެ އިތުރުން 26 އަދި 27 އަހަރުގެ ބިދޭސީ ދެ ފިރިހެނުން ވެސް އެ މައްސަލައިގައި ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން އިތުރަށް އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close