ޚަބަރު ކުރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދު، ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި

ކުރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދު، ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް



ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު، ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔާ ކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ) އިން ބުނީ، ގާޒީ ހަސަން ސައީދު ރިޓަޔާ ކުރަން ނިންމީ، 20 މާޗް 2023 ގައި އޮތް އެ ކޮމިޝަނުގެ ބައްދަލުވުމުގައި، އުމުރުން 55 އަހަރު ވެފައިވުމާ އެކު އޭނާގެ އެދިވަޑައިގަތުމުގެ މަތިން ކަމުގައެވެ.

ހަސަން ސައީދު، ރިޓަޔާކުރެއްވީ، މިއަދުން ފެށިންނެވެ. އޭނާ ވަނީ، 21 އަހަރު ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ހަސަން ސައީދު މީގެ ކުރިން ފެމިލީ ކޯޓުގެ އިސްގާޒީކަންވެސް ކުރެއްވިއެވެ.

ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި އޭނާ ހުންނެވި ދުވަސްވަރުގައި ކޮމިޝަނުން ބެލި ސުލޫކީ މައްސަލައެއްގައި ދާދި ފަހުން އެ ކޮމިޝަނުން ވަނީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކުރުމަށް ނިންމާ، އަލުން އެމައްސަލަ ސާބިތުނުވާ ކަމަށް ވެސް ނިންމާފައެވެ.

ޓެގް

ކްރިމިނަލްކޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.