ޚަބަރު

2022 ވަނަ އަހަރުގެ ވޯލް ކަލަންޑަރ އަދި ޑެސްޓޮޕް ކަލަންޑަރ ޑިޒައިންކޮށް ޕްރިންޓްކޮށްލުމަށް ރަނުގެ ފުރުޞަތެއް.

2022 ވަނަ އަހަރުގެ ވޯލް ކަލަންޑަރ އަދި ޑެސްޓޮޕް ކަލަންޑަރ ޑިޒައިންކޮށް އަދި ޕްރިންޓްކޮށްދިނުމުގެ ޚިދުމަތް ފަށައިފިއެވެ.

ނާރެސް އަށް މަޢުލޫމާތު ދެއްވަމުން “ލެޓްސް ޑިޒައިން” ގެ ފަރާތުން ބުނީ، ރަށްރަށް ބޭނުންވާ ވޯލް ކަލަންޑަރ އަދި ޑެސްޓޮޕް ކަލަންޑަރ އެރަށެއްގެ ނަމާދު ވަޤުތުތައް ހިމަނައިގެން، އޯޑަރ ކުރައްވާ ފަރާތުން ބޭނުންފުޅުވާ ތީމަކަށް ޑިޒައިންކޮށް ޕްރިންޓްކޮށް ދޭނެކަމަށެވެ.

އަދި އެ ބޭފުޅަކު ބޭނުންވަނީ ހަމައެކަނި ރަށުގެ ނަމާދު ވަޤުތުތައް ހިމެނޭގޮތަށް ފާރުގައި އަޅުވާލެވޭ ގޮތަށް ނުވަތަ މޭޒުމަތީ ބައިންދާލެވޭގޮތަށް ޑިޒައިން ކުރަންކަމަށްވާނަމަ އެކަންވެސް އެގޮތަށްކޮށްދޭނެ ކަމަށްވެސް އެ ފަރާތުން ނާރެސް އަށް މަޢުލޫމާތު ދެއްވިއެވެ.

މިކަމާއިގުޅިގެން އިތުރަށް މަޢުލޫމާތު ދެއްވަމުން “ލެޓްސް ޑިޒައިން” ގެ ފަރާތުން ބުނީ، ވޯލް ކަލަންޑަރ ނުވަތަ ފާރުގައި އަޅުވާ ލެވޭގޮތަށް 2 ސައިޒަކަށް އެބޭފުޅުން ކަލަންޑަރ ނުވަތަ ނަމާދު ވަޤުތު ތައްޔާރުކޮށްދޭ ކަމަށެވެ. އެއީ އޭ 3 ސައިޒް އަދި އޭ 4 ސައިޒަށެވެ. އަދި ޑެސްޓޮޕް ކަލަންޑަރ ނުވަތަ ނަމާދު ވަޤުތު ތައްޔާރުކޮށްދޭ ސައިޒަކީ ހަމައެކަނި އޭ 5 ސައިޒު ކަމަށާއި އެ ސައިޒް ޕޯޓްރެއިޓްކޮށް ނުވަތަ ލޭންޑްސްކޭޕްކޮށް ތައްޔާރުކޮށްދޭނެ ކަމަށެވެ.

ލެޓްސް ޑިޒައިންގެ ފަރާތުން ބުނީ އޯޑަރ ދެއްވުމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ވައިބަރ އިން މެސެޖް ކުރައްވާނީ 9720756 ކަށް ކަމަށެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close