ޚަބަރު

ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު 14 ވަޒީރަކަށް ރުހުންދޭން މަޖިލީހުގެ ކޮމިޓީން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލަށް އައްޔަންކުރެއްވި އަދި މަގާމުގެ ހުވާ އަލުން ކުރެއްވި 14 ވަޒީރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި މަހުގެ ކުރީކޮޅު ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކުރައްވައި ރައީސް ގެންނެވި އިސްލާހީ ބަދަލުތަކާއެކު، ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ނިންމީ، ވަކިވަކި ދެ މައްސަލައެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް 14 ވަޒީރުންގެ މައުލޫމާތު އެއް މައްސަލައެއްގެ ގޮތުގައި ބެލުމަށެވެ. އަދި ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމައި ފާސްކޮށްފައެވެ. މީގެ ތެރޭގައި އަލަށް މަގާމަށް ވަޑައިގެންނެވި 5 ވަޒީރުންނާއި، ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ހުވާކުރެއްވި 9 ވަޒީރުން ހިމެނެއެވެ.

މި ބަދަލުތަކުގެ ތެރޭގައި ދިފާއީ ވަޒީރު ހަސަން ރަޝީދާއި، މާލީ ވަޒީރު މޫސާ ޒަމީރު އަދި ހޯމް މިނިސްޓަރު އަލީ އިހުސާން ހިމެނިވަޑައިގަންނަވާއިރު، ޚާރިޖީ ވަޒީރުގެ މަގާމަށް އަލަށް އައްޔަންކުރެއްވި އިރުތިޝާމް އާދަމަށް ވެސް ރުހުން ދިނުމަށް ކޮމިޓީން ވަނީ ރުހުން ދީފައެވެ. ކޮމިޓީގެ މި ނިންމުމާ ގުޅިގެން ދެން އޮންނާނީ މަޖިލީހުގެ ތަޅުމުގައި މި ވަޒީރުންނަށް ރުހުން ދިނުމަށް ފަހުގެ ވޯޓަށް އެހުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close