ޚަބަރު

މޫސުން ގޯސްވެ ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި


މުޅި ރާއްޖެއަށް މޫސުން ގޯސްވެ މިއަދު ނެެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ހުރިހައި ހިސާބަކަށް މިއަދު ހެނދުނު ނެރުނު ރީނދޫ ސަމާލުގެ ވަގުތު ހަމަވީ 16:30 އަށެވެ. މިހާރު އެ ވަގުތު ވަނީ މިރޭ 00:30 އާއި ހަމައަށް އިތުރުކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ހުރިހައި ސަރަހައްދުތަކަށް ގަޑިއަކު 28 މޭލާއި، 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close