ކުޅިވަރު ދިހަ ކުޅުންތެރިންނާއެކު ކުޅުނު ޔުނައިޓެޑް ބަލިކޮށް އެތުލެޓިކޯ އިން މުހިންމު މޮޅެއް ހޯދައިފި

ދިހަ ކުޅުންތެރިންނާއެކު ކުޅުނު ޔުނައިޓެޑް ބަލިކޮށް އެތުލެޓިކޯ އިން މުހިންމު މޮޅެއް ހޯދައިފި

ދިހަ ކުޅުންތެރިންނާއެކު ކުޅުނު ޔުނައިޓެޑް ބަލިކޮށް އެތުލެޓިކޯ އިން މުހިންމު މޮޅެއް ހޯދައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އަތުން 2-0 ގެ ނަތީޖާއަކުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި 69،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ޔުނައިޓެޑުން ނުކުތީ އެ ޓީމުގެ ކޯޗު މައިކަލް ކެރިކް ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްގެންނެވެ. އެހެން ނަމަވެސް އެތުލެޓިކޯގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމުގައި ޔުނައިޓެޑަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މެޗު ފެށިގެން ފުރަތަމަ މިނިޓުގައި އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހައި ކުރިހޯދާފައެވެ. އަލެކްސް ބައޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޕަބްލޯ ބަރިއޯސްއެވެ. މި ލަނޑަށް ފަހު ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ބްރަޔަން އެމްބުއެމޯ އަށް ލިބުނު ދެ ފުރުސަތުގެ އިތުރުން މާކަސް ރަޝްފޯޑަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ޔުނައިޓެޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 74 ވަނަ މިނިޓުގައެވެ. އެއީ އެތުލެޓިކޯގެ ޖޮނަތަން ޑޭވިޑަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ދެއްކި ސީދާ ރަތް ކާޑާއެކު ޔުނައިޓެޑްގެ ކުޅުންތެރިއަކު ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ފަހު 16 މިނިޓު އެ ޓީމަށް ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ދަނޑުމަތީގައި ކުޅުންތެރިއަކު އިތުރުވުމުގެ ފައިދާ އެތުލެޓިކޯ އިން ވަރަށް އަވަހަށް ނެގިއެވެ. އެގޮތުން ރަތް ކާޑު ދެއްކިތާ ފަސް މިނިޓު ފަހުން، މެޗުގެ 79 ވަނަ މިނިޓުގައި އަޑެމޯލާ ލުކްމަން ވަނީ ލަނޑެއް ޖަހައި އެތުލެޓިކޯގެ ލީޑު 2-0 އަށް ފުޅާކޮށް، އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ޓެގް

ޔޫއެފާޗެމްޕިއަންސްލީގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.