ރިޕޯޓް ޔޫކްރޭނަށް 725 މިލިއަން ޑޮލަރުގެ އިތުރު އަސްކަރީ އެހީ ފޮނުވާނެކަން އެމެރިކާއިން އިއުލާންކޮށްފި

ޔޫކްރޭނަށް 725 މިލިއަން ޑޮލަރުގެ އިތުރު އަސްކަރީ އެހީ ފޮނުވާނެކަން އެމެރިކާއިން އިއުލާންކޮށްފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އަލްޖަޒީރާ- (ހޮނިހިރު) އެމެރިކާއިން ޔޫކްރޭނަށް އިތުރު 725 މިލިއަން ޑޮލަރުގެ ހަތިޔާރާއި އެހެނިހެން އަސްކަރީ އެހީތެރިކަމުގެ ޕެކޭޖެއް ފޮނުވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވީ މި އެހީ ފޮނުވަނީ “މުޅި ޔޫކްރޭންގައި އާންމުންނަށް ރަޝިޔާއިން ދިން އަނިޔާވެރި މިސައިލް ހަމަލާތަކާ ގުޅިގެން” ކަމަށާއި “ރަޝިޔާގެ ސިފައިން ހިންގާ އަނިޔާވެރިކަމުގެ ހެކިތައް އިތުރުވަމުންދާތީ” ކަމަށެވެ.

ޔޫކްރޭންގެ “ޑިފެންޑަރުން ރަޝިޔާގެ ސިފައިން ފަހަތަށް ޖައްސަމުންދާއިރު” އެމެރިކާ ޔޫކްރޭނާ އެއްބައިވަންތަކަމާއެކު ސާބިތުވެ ތިބި ކަމަށް ބްލިންކަން ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ވޮޝިންޓަންގެ އެންމެ އާ އަސްކަރީ ޕެކޭޖުގައި ހިމާސް (ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމްސް) އަށް އިތުރު ވަޒަން ހިމެނޭއިރު، ޖޯ ބައިޑަންގެ ވެރިކަން ފެށުނު ފަހުން އެމެރިކާއިން ޔޫކްރޭނަށް ދިން ޖުމްލަ އަސްކަރީ އެހީތެރިކަން 18.3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޑިފެންސް ގެ ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމެރިކާއިން މިހާތަނަށް ވަނީ ޔޫކްރޭނަށް 20 ހިމާސް ފޮނުވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އިތުރު 18 ހިމާސް ފޮނުވުމަށް އެމެރިކާއިން ވަނީ ވައުދުވެފަ އެވެ. ހިމާސް އަކީ ރަޝިޔާގެ ދުރު އަމާޒުތަކަށް ރޮކެޓް ހަމަލާދިނުމުގައި ޔޫކްރޭނުން ބޭނުންކުރަމުން އަންނަ ރޮކެޓް ފޮނުވާ ސިސްޓަމެކެވެ.

އޮފިޝަލުން ވިދާޅުވީ އެމެރިކާގެ އާ ޕެކޭޖުގެ ބޮޑު މަގުސަދަކީ ޔޫކްރޭނުން ރަޝިޔާއާ ދެކޮޅަށް ކުރާ ކައުންޓަރ އޮފެންސިވްގައި ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ ހަތިޔާރުގެ ނިޒާމުތަކަށް ބޭނުންވާ އެތައް ހާސް ބަޑިއެއް އަލުން ސްޓޮކް ކުރުން ކަމަށެވެ.

ޔޫކްރޭންގެ އަވަސް ބޭނުންތަކަކީ ވައިގެ ދިފާއުގެ އިތުރު ވަސީލަތްތަކެއް ކަމުގައި ދެމިއޮތް ކަމަށް ޑިޕާޓްމަންޓް އޮފް ޑިފެންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

“ރަޝިޔާއިން ވަނީ ޔޫކްރޭންގެ ބޮޑެތި ސިޓީތަކަށް އެތައް ސަތޭކަ ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ. މިސައިލްތައް ވައްޓާލުމުގައި ޔޫކްރޭންގެ ސިފައިންނަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބިފައިވީނަމަވެސް އެމީހުންނަށް ބޭނުންވަނީ ވައިގެ ދިފާއުގެ އިތުރު ގާބިލްކަން،” ބަޔާނުގައިވެ އެވެ.

ޕެންޓަގަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދިފާއީ ދާއިރާގެ އިސް އޮފިޝަލަކު ވިދާޅުވީ ދާދި ފަހުން 24 ގަޑިއިރެއްގެ ތެރޭގައި ޔޫކްރޭންގެ އަމާޒުތަކަށް ރަޝިޔާއިން 80 އަށް ވުރެ ގިނަ މިސައިލް ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ޔޫކްރޭންގެ ވައިގެ ދިފާއީ ފަރާތްތަކަށް ހުއްޓުވޭނެ ކަމަށެވެ.

ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާއިން ވަޒަންކުރާ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ނަން ނުޖެހުމަށް އެދި އަލްޖާޒީރާއާއި ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ އިންޓަސެޕްޓްތަކުގައި ވަރަށް ގިނަ ވަޒަން ބޭނުން ކުރަނީ އަންނަ ކޮންމެ މިސައިލަކަށް ޔޫކްރޭންގެ ރައްޔިތުން އެއް ވަޒަން އަށް ވުރެ ގިނަ ވަޒަން ޖަހާފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ.

އެމެރިކާގެ އެހީގެ އިއުލާނުގައި މި ހަފްތާގައި އެކުވެރި ގައުމުތަކުން ވެފައިވާ ވައުދުތަކުގެ ތެރެއިން ގިނަ ކޮމިޓްމަންޓްތަކެއް ކަނޑައެޅި އެވެ.

އިނގިރޭސިވިލާތުން މިދިޔަ ހަފްތާގައި ބުނެފައި ވަނީ ޕެންޓަގަން އިން ޔޫކްރޭނަށް ފޮނުވަން ރާވާފައިވާ ޒަމާނީ ނަސާމް (ނޭޝަނަލް އެޑްވާންސްޑް ސަރފޭސް ޓު އެއާ މިސައިލް ސިސްޓަމް) އަށް މިސައިލް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އިނގިރޭސިވިލާތުން ދަނީ އެތައް ސަތޭކަ ޑްރޯންތަކަކާއި 18 ހޮވިޓްޒާ އާޓިލަރީ ބަޑި ފޮނުވަމުންނެވެ.

ޖަރުމަނުން ވަނީ ވައުދުވި ހަތަރު އައިރިސް-ޓީ ވައިގެ ދިފާއީ ނިޒާމުގެ ތެރެއިން ފުރަތަމަ ނިޒާމު ފޮނުވައިފަ އެވެ. ފްރާންސުން ވައުދުވީ އިތުރު އާޓިލަރީތަކާއި އެންޓި އެއާކްރާފްޓް ސިސްޓަމްތަކާއި މިސައިލްތައް އުފެއްދުމަށެވެ. ނެދަލެންޑްސް އިން ބުނީ މިސައިލް ފޮނުވާނެ ކަމަށެވެ. ކެނެޑާއިން ވަނީ ވިންޓަރ އިކުއިޕްމަންޓާއި ޑްރޯން ކެމެރާ އަދި ސެޓެލައިޓް ކޮމިއުނިކޭޝަންސް ފޮނުވުމަށް ރާވާފައެވެ.

މި ކޮމިޓްމަންޓްތައް ދީފައިވަނީ ރަޝިޔާއިން ހަމަލާތައް ވަރުގަދަކޮށް، ކަމިކާޒޭ ޑްރޯންތަކުން ކިވް ސަރަހައްދުގައި ހަމަލާދީ، ރަޝިޔާގެ ހިފާފައިވާ ޒަޕޮރިޒްޒިއާ ނިއުކްލިއާގެ ކޯރު ހުރަސްކޮށް އޮންނަ ނިކޮޕޯލް ޓައުންގެ ހޮސްޕިޓަލަކާއި ކިންޑަރ ގާރޓަނަކާއި އެހެނިހެން އިމާރާތްތައް ހިމެނޭ ގޮތަށް އާންމުންގެ އަމާޒުތަކަށް އެހެން ތަންތަނަށްވެސް ރަޝިއާއިން މިސައިލް ހަމަލާތައް ފޮނުވާފައި ވަނިކޮށެވެ.

މި ހަމަލާތަކަކީ ރަޝިޔާ އާއި ރަޝިޔާ ހިފެހެއްޓިފައިވާ ކްރައިމިއާ ގުޅުވައިދޭ ސްޓްރެޓެޖިކް ކެރްޗް ބްރިޖަށް ބޮން ގޮއްވާލުމުގެ ބަދަލު ހިފުމުގެ ގޮތުން ރަޝިޔާއިން ދިން ހަމަލާތަކެއް ކަމަށް ސިފަކޮށްފައިވެ އެވެ.

ރަޝިޔާއިން މިސައިލް ހަމަލާތައް އިތުރުކޮށްފައިވުމަކީ ހަނގުރާމައިގެ ކުރީ ކޮޅު ރަޝިޔާއިން އަތުލައިގަތް ރަށްތަކާއި ސަރަހައްދުތައް ޔޫކްރޭނުން ވަރުގަދަ ކައުންޓަރ އޮފެންސިވް އިން އަނބުރާ އތުލައިފައިވާތީ، މޮސްކޯއިން އަލުން އެބާރުތައް އަތުލުމަށް އިތުރުކުރާ  މަސައްކަތް ތަކެއް ކަމަށް މަޝްރަޙު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

މަސްދަރު: އަލްޖަޒީރާ އާއި ނިއުސް އެޖެންސީތައް

ޓެގް

ނޭޓޯ ޔޫކްރެއިންހަނގުރާމަ ރަޝިއާ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.