ބޭރުދުނިޔެ

ސައުދީއިން ޔޫކްރޭނަށް 400 މިލިއަން ޑޮލަރުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާންކޮށްފި

ސައުދީ އަރަބިއްޔާއިން ޔޫކްރޭނަށް 400 މިލިއަން ޑޮލަރުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާންކޮށްފި އެވެ.

ރިޔާދު (ޖުލައި 10) – ޔޫކްރޭންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހުކުރު ދުވަހު ވިދާޅުވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ އެކު ފޯނުކޯލެއް ކުރެއްވި ކަމަށެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ސައުދީ އަރަބިއްޔާއިން ވަނީ ޔޫކްރޭނަށް 400 މިލިއަން ޑޮލަރުގެ އިންސާނީ އެހީގެ ޕެކޭޖެއް ފޯރުކޮށްދޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

ވަލީއަހުދު ވިދާޅުވީ މީޑިއޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ޑީ-އެސްކޭލޭޝަނަށް އެހީތެރިވެދޭ ހުރިހާ ކަމަކަށް ތާއީދު ކުރުމަށް ކިންގްޑަމް ތައްޔާރަށް އޮތް ކަމަށެވެ.

މި ކޯލްގައި ރައީސް ޒެލެންސްކީ ވިދާޅުވީ ޔޫކްރޭންގެ ސަރަހައްދީ އިސްތިގުލާލަށް ތާއީދުކޮށް ދެއްވާތީ ވަލީއަހުދު އާއި ސައުދީ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ދާދި ފަހުން ވަނީ އަށް މަސް ދުވަހުގެ ދިގު ހަނގުރާމައިގެ ތެރޭގައި ރަޝިޔާއިން ޔޫކްރޭންގެ ހަތަރު ސަރަހައްދަކާ ގުޅިގެން ކްރެމްލިންގެ ދައުވާ ބަލައިނުގަތުމަށް އދ.ގައި އެދިފައެވެ.

އަދި ހަނގުރާމައިގެ އަސީރުން އިތުރަށް މިނިވަން ކުރުމަށްޓަކައި މުއާމަލާތް ކުރިއަށް ގެންދިއުމަށް އޭނާ އާއި ޕްރިންސް މުހައްމަދު އެއްބަސްވި ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

މިދިޔަ މަހު ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ގައިދީން ބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން އެކި ގައުމުތަކުން ދިހަ ގައިދީން މިނިވަން ކުރުމަށް ވަލީއަހުދު ވަނީ މެދުވެރިވެވަޑައިގެންފަ އެވެ.

އަދި ސައުދީ އަރަބިއްޔާއިން ޔޫކްރޭނަށް މެކްރޯ ފައިނޭންޝަލް އެހީ ފޯރުކޮށްދިނުމަށް އޭނާ އާއި ވަލީއަހުދު އެއްބަސްވެފައިވާ ކަމަށް ވެސް ޔޫކްރޭންގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close