ޚަބަރު

މެޑަމް ފަޒްނާ ފުވައްމުލަކު ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު ހެނދުނު މާލެވަޑައިގެންފި އެވެ.
އެކަމަނާ ފުވައްމުލަކު ސިޓީއަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅަކީ، ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރެެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ޖެންޑަ މިނިސްޓްރީ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ދިވެހި ފުލުހުންގެ ހިދުމަތާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މެޑަމް ފަޒްނާ ވަނީ ބުދަ ދުވަހުގެރޭ ފުވައްމުލައް ސިޓީ އިބަމަ މެންބަރުންނާ ބައްދަލުކުރައްވާ، އިބަމައިގެ މަސައްކަތްތައް ހިނގަމުންދާގޮތުގެ މަައުލޫމާތު ހޯއްދަވާފައިވެއެވެ. އަދި ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި ބޭއްވި ހަފްލާ އެކަމަނާ ޝަރަފުވެރި ކޮށްދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

އެކަމަނާގެ ދަތުރުފުޅުގައި ހުކުރު ދުވަހު ވަނީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ ދެ އިސްރައްވެހިންގެ ގެއަށް ޒިޔާރަތް ކުރައްވާ އެބޭފުޅުންގެ ހާލު ބައްލަވާފައެވެ. އަދި އެ ދުވަހު ހަވީރު އެކަމަނާ ވަނީ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ “ތްރީ ޖެނެރޭޝަން ވޯކު” އަދި އާއިލީ ހަވީރުގައި ބައިވެރިވެވަޑައިގެންފައެވެ.

އދގެ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ “ރެޒިލިއެންސް އޮފް އޯލްޑަ ޕަސަންސް އިން އަ ޗޭންޖިން ވަލްޑް” އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close