މިނިސްޓަރު ޔުމްނާ ކޮވިޑަށް ފައްސިވެއްޖެ
ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ކޯވިޑް-19އަށް ފައްސިވެއްޖެއެވެ.
މިނިސްޓަރ ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި މިހާރު ހުންނެވީ އެކަހެރިވެގެން ކަމަށެވެ. އަދި ހުމާއި ކަރުގަ ރިއްސުމާއި ރޯގާ އަދި ގައިގަ ރިއްސާ ކަމަށެވެ.
އެކަމަނާ ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި ހައި ރިސްކު މީހުންނަށް މި ބަލި ޖެހިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުވެ ފިޔަވަޅު އެޅުމަށްވެސް ޔުމްނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މިނިސްޓަރ ޔުމްނާ ކޯވިޑަށް ފައްސިވެފައިވާއިރު އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.
މިނިސްޓަރ ޔުމްނާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން!

