ޚަބަރު

ނ. އަތޮޅު ކައުންސިލްގެ “ގޯލްޑަން އޭޖް” ސްކޮލަރޝިޕަށް ހުޅުވާލައިފި

ނ. އަތޮޅު ކައުންސިލް އާއި ގޯލްޑަން އޭޖް އެޑިއުކޭޝަން ގުޅިގެން ނ. މަނަދޫގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުން 3 ޓިއުޝަން ފްރީ ސްކޮލަރޝިޕް ދިނުމަށް ހުޅުވާލައިފިއެވެ.

ނ. އަތޮޅު ކައުންސިލް ގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި، މި ސްކޮލަރޝިޕްތައް ދިނުމަށް ހަމަޖެހިފައި ވަނީ ނ. އަތޮޅު ރައްޔިތުންގެ ތެރެއިން ފުދުންތެރިކަން ދަށް އާއިލާތަކުގެ ކުދިންނަށް ޚާއްޞަކޮށްގެންނެވެ. ސްކޮލަރޝިޕަށް އެދޭ ފޯމް ނ. އަތޮޅު ކައުންސިލުންނާއި، ގޯލްޑަން އޭޖް އެޑިއުކޭޝަންގެ މަނަދޫ ފޯކަލްޕޮއިންޓް 7550795 ގުޅުއްވުމުން ލިބޭނެކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ. އަދި މި ފޯމް  ގޯލްޑަން އޭޖް އެޑިއުކޭޝަންގެ ވެބްސައިޓް goldenage.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

މީގެ ކުރިންވެސް އެފަރާތުން ވަނީ މިކޯސްތަކަށް ފޯމް ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 10 އެޕްލިކޭޝަން ފޯމަށް ފުރަތަމަ މަހު %10 ޑިސްކައުންޓް ދިނުމަށް ވެސް ހަމަޖައްސާފައެވެ.

2019 ވަނަ އަހަރު ނ. މަނަދޫގައި ފެށުމަށް އިޢުލާންކޮށްފައިވާ ކޯސްތަކުގެ ތެރެއިން މިވަގުތު ފެށުމަށް ހަމަޖެހިފައި ވަނީ ޔުނިވާސިޓީ ޕްރޮޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ) އެވެ. މީގެ އިތުރުން އެޑްވާންސް ސެޓްފިކެޓް އިން ޕްރޮޖެކްޓް މެނޭޖްމެންޓް، ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމެންޓް، ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމެންޓް ކޯސްވެސް ފެށުމަށް ވަނީ އިޢްލާނުކޮށްފައެވެ. . އަދި ޔޫޕީޕީ ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް ޚާއްޞަކޮށްގެން އެސޯސިއޭޓް ޑިގްރީ އިން ބިޒްނަސް މެނޭޖްމެންޓް، އަދި އެސޯސިއޭޓް ޑިގްރީ އިން ހިއުމަން ރިސޯސް މެނޭޖްމެންޓް ކޯހާއި ބެޗިލާސް ޑިގްރީ ޕްރޮގްރާމްވެސް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަަމަށް އެފަރާތުން މައުލޫމާތު ދެއެވެ. މި ހުރިހާ ކޯހެއްގައިވެސް ކިޔެވުން އޮންނާނީ ވީކްއެންޑް/ ބްލޮކް މޯޑަށް ކިޔަވާ ގޮތަށެވެ.

ސްކޮލަރޝިޕް އަދި ޔޫޕީޕީ ޕްރޮގްރާމްގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 2019 ފެބްރުއަރީ 05 ވަނަ ދުވަހުގެ 12:00 އެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑިތަކުގައި ނ އަތޮޅު ކައުންސިލްގެ ކައުންޓަރުންނެވެ. އަދި އެނޫން ވަގުތު ތަކުގައި 7550795 އަށް ގުޅައިގެން ފޯމް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close