ޚަބަރު ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ގިނަ ބޭފުޅުންތަކެއް ޝައިގުވެރިކަން ފާޅުކުރައްވައިފި

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ގިނަ ބޭފުޅުންތަކެއް ޝައިގުވެރިކަން ފާޅުކުރައްވައިފި

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ގިނަ ބޭފުޅުންތަކެއް ޝައިގުވެރިކަން ފާޅުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްކަމުގެ މަގާމުގައި މިހާރުވެސް ހުންނެވި، ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ހިމެނިވަޑައިގަންވާހެން ގިނަ ބޭފުޅުންތަކެއް އެމަޣާމަށް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ މަތީ މަޖިލިސް (ކޮންގްރެސް) ގައި، އެ ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުން އޮންނާނެއެވެ. ޕާޓީގެ ރައީސާއި ނައިބު ރައީސުން އިންތިޚާބު ކުރުމުގެ ބާރު ލިބިގެންވަނީ މި މަތީ މަޖިލީހަށެވެ.

އިތުރު ދައުރަކަށް ކުރިމަތިލައްވާކަން ހާމަކުރައްވަމުން މުންދު ވިދާޅުވީ، ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި މެންބަރުން ކުރެއްވި އިތުބާރާއެކު އިންތިޚާބުވި ނައިބު ރައީސެއްގެ ހައިސިއްޔަތުންނާއި، އަދި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއް ކަމަށެވެ.

މީގެއިތުރުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުއިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމުގެ މަތިވެރި މަގްސަދު ހާސިލުކުރުމަށްޓަކައި، އެމަނިކުފާނުގެ ގާބިލުކަން ތަންދިން އެންމެ ފުރިހަމައަކަށް މަސައްކަތްކުރުމުގެ ވަރުގަދަ އަޒުމުގައި މަގާމަށް ވާދަކުރައްވަން ނިންމެވި ކަމަށްވެސް މުންދު ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމުގައި މިހާރުވެސް ހަތް ބޭފުޅަކު ތިއްބެވިއިރު، ކުރިއަށްއޮތް އިންތިޚާބުގައި އެ މަގާމަށް ވާދަކުރެއްވުމަށް އެހެން ބައެއް އިސް ބޭފުޅުންވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަދި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުވެސް ވަނީ ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.


ޓެގް

ޕީއެންސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.