ޚަބަރު މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ ސިޔާސީ މަގާމަކަށް އަނެއްކާވެސް ނާޒިމް އައްޔަންކުރައްވައިފި

މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ ސިޔާސީ މަގާމަކަށް އަނެއްކާވެސް ނާޒިމް އައްޔަންކުރައްވައިފި

މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ ސިޔާސީ މަގާމަކަށް އަނެއްކާވެސް ނާޒިމް އައްޔަންކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ރައީސް މުއިއްޒު އައްޔަންކުރައްވައިފިއެވެ.

މިނިސްޓަރު ފެންވަރުގެ މި މަގާމަށް ނާޒިމް އައްޔަންކުރެއްވީ، މިދިޔަ އޭޕްރީލް މަހު ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅިގެން ހެލްތު މިނިސްޓަރުކަމުން އޭނާ އިސްތިއުފާ ދެއްވި ފަހުންނެވެ.

ނާޒިމް މީގެ ކުރިން ވެސް ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއް ފުރުއްވާފައިވާއިރު، އޭނާއަކީ މި ސަރުކާރު އުފެދުނީއްސުރެ ސިޔާސަތުތައް އެކަށައެޅުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޚާއްޞަކޮށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޑެޕިއުޓީ މެނޭޖަރުކަން ކުރެއްވުމަށްފަހު، ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމުގެ މަސައްކަތުގައި އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

އޭޕްރީލް މަހު ކެބިނެޓުން ވަކިވި 10 ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް އަލުން މަގާމުތައް ދެމުން އަންނައިރު، ނާޒިމަށް މި ހަވާލުކުރެއްވީ ސަރުކާރުގެ ސިޔާސަތުތަކާއި ވައުދުތައް ބެލެހެއްޓުމުގެ މުހިންމު ޒިންމާއެކެވެ.

ޓެގް

ރައީސް އޮފީސް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.