ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ކޮމިޓީއެއް އުފައްދައިފި
ސަރުކާރުގެގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ދޫކުރާ ބިމާ ފްލެޓު ދޭނެ ފަރާތްތަކަށް ކަނޑައެޅުމަށް”ގެދޮރުވެރިންގެ ކޮމިޓީ”ގެ ނަމުގައި ކޮމިޓީއެއް އުފައްދައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ ކޮމިޓީގެ ނަމަކީ ގެދޮރުވެރިންގެ ކޮމިޓީ ކަމަށެވެ. މި ކޮމިޓީ އުފައްދައި އިއްޔެ ވަނީ ފުރަތަމަ ބައްދަލުވުން ބާއްވާފައި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ކޮމިޓީ އެކުލަވާލާފައިވަނީ ފަސް މެމްބަރުންގެ މައްޗަށް ކަމަށެވެ. ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ
- އަލްފާޟިލް އަކްރަމް ކަމާލުއްދީން، މއ. އެވަރެސްޓް (ޗެއަރޕަރސަން)
- އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު، މ. ބަޑިކުޅިމާގެ (ކޯ-ޗެއަރޕަރސަން)
- އަލްފާޟިލާ މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
- އަލްފާޟިލާ އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
- އަލްފާޟިލް މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ އެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯކިޔާވަހިކަމުގެ މަޝްރޫއުއަށް މުއްދަތު ހަމަވި އިރު35،861 ފޯމް ހުށަހަޅާފައިވެ އެވެ. އެއީ ގޯއްޗަށް އެދި 15،164 ފޯމާއި ފްލެޓް ހޯދުމަށް 20،697 ފޯމެވެ.

