ޚަބަރު

މެޑަމް ފަޒްނާ ފުވައްމުލައް ސިޓީއަށް ފުރާވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ފުވައްމުލަށް ސިޓީއަށް ފުރާވަޑައިގެންފި އެވެ.
އެކަމަނާގެ މި ދަތުރުފުޅަކީ، ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

އެކަމަނާގެ މި ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ދިވެހި ފުލުހުންގެ ހިދުމަތާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އ.ދ. ގެ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ “ރެޒިލިއެންސް އޮފް އޯލްޑާ ޕާސަންސް އިން އަ ޗޭންޖިންގ ވަރލްޑް” އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވާ، މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close