ޚަބަރު

އެނބޫދޫ ފިނޮޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމާބެހޭގޮތުން ޢާއްމުންގެ ޚިޔާލު ހޯދަނީ

މަލޭ ސަރަޙައްދުގައި ދަތުރުދިއުމަށް އެނބޫދޫ ފިނޮޅު ހިއްކައިގެން ހަދާ ޕިކްނިކް އައިލެންޑް މަޝްރޫޢުއަށް އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އާއްމުންނާއި ބައްދަލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބާއްވަވާ ބައްދަލުވުން އަންނަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ނިންމަވާފައެވެ. މި ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު 16:00 އިން 18.00އަށް ދަރުބާރުގޭގައެެވެ.

އެގޮތުން ޕިކްނިކް އައިލެންޑްގެ އެކި މަސައްކަތްތައް ކުރުމަށް މިދިޔަ ސެޕަޓެމްބަރު މަހުގެ ތެރޭގައި ވަނީ 7 ކުންފުންޏަކާއެކު އެއްބަސްވުމަކަށްވެސް އައިސްފައެވެ.

ޕިކްނިކް އައިލެންޑް ހެދުމަށް ހަމަޖެހިފައިވަނީ 3.3 ހެކްޓަރުގެ ސަރަޙައްދެއްގައެވެ. އެ ސަރަޙައްދު ތަރައްޤީކުރަނީ ދަތުރު ގޮސް އުޅޭއިރު ބޭނުންކުރާނެ ވަސީލަތްތަކާއި، ކޮޓަރިއާއި، ރެކްރިއޭޝަނަލް ފެސިލިޓީސްއާއެކުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close