ޚަބަރު އޮމަކްރޯން: ތައިލެންޑާއި ސްރީލަންކާއިން އެފްރިކާގެ ގައުމުތަކުން މީހުން އައުން މަނާކޮށްފި

އޮމަކްރޯން: ތައިލެންޑާއި ސްރީލަންކާއިން އެފްރިކާގެ ގައުމުތަކުން މީހުން އައުން މަނާކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނޮވެލް ކޮރޯނާވައިރަސްގެ އާ ވައްތަރެއް ކަމަށްވާ “އޮމަކްރޯން ވޭރިއަންޓް” ގެ ބިރު އޮތުމުން އެފްރިކާގެ ގިނަ ގައުމުތަކަކުން ދަތުރުކުރާ މީހުން އެތެރެވުން މަނާކުރަން އޭޝިއާގެ ދެ ގައުމަކުން ނިންމައިފި އެވެ.

ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ހޮނިހިރު ދުވަހު ބުނީ ޑިސެމްބަރު މަހުން ފެށިގެން ބޮޓްސްވާނާ، އެސްވަތީނީ، ލެސޯތޯ، މަލާވީ، މޮޒަމްބީކް، ނެމީބިއާ، ސައުތު އެފްރިކާ އަދި ޒިމްބާބުވޭއިން މީހުން ދަތުރުކުރުން މަނާކުރާނެ ކަމަށެވެ. މި ހުރިހާ ގައުމަކީ ވެސް ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ޖެހިފައިވާ މީހުންނަށް ނުރައްކާ ބޮޑު ގައުމުތަކެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ސިއްހީ އިސް އޮފިޝަލެއް ކަމަށްވާ އޮޕާސް ކަރްންކަވިންޕޮންގް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮނިހިރު ދުވަހުން ފެށިގެން އެ ގައުމުތަކުގެ ދަތުރުވެރިންނަށް ތައިލެންޑަށް ދަތުރުކުރުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

މިސްޓަރ އޯޕާސް ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން އެއަރލައިންތަކަށާއި ކަމާބެހޭ ޤައުމުތަކަށް އެކަން އަންގާފައިވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެފްރިކާގެ އެހެން ގައުމުތަކުން އަންނަ ދަތުރުވެރިންނަށް ވެކްސިން ނުޖަހާ މީހުންނަށް އެ ގައުމުގެ ކަރަންޓީން ފްރީ ޓްރެވަލް ސްކީމް ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

ދެކުނު އެފްރިކާގެ ހަ ގައުމަކުން ދަތުރުކުރުން މަނާކުރިކަން ލަންކާއިން ވެސް ވަނީ ބުނެފައެވެ. ކޮލަމްބޯގެ ކަމާބެހޭ ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނީ ދެކުނު އެފްރިކާ، ބޮޓްސްވާނާ، ޒިމްބާބްވޭ، ނެމީބިއާ، ލެސޯތޯ އަދި އެސްވަތީނީ އިން އެ ގައުމަށް ދަތުރުކުރާ މީހުންނަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

މި ގައުމުތަކުން މިދިޔަ ދެ ދުވަހު ލަންކާއަށް ދިޔަ ކޮންމެ މީހަކު ވެސް 14 ދުވަހުގެ ކަރަންޓީން ވާން ޖެހޭނެ އެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ދެކުނު އެފްރިކާގައި އަލަށް ރިޕޯޓްކުރި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓަކީ ކަންބޮޑުވާ ވޭރިއަންޓެއްކަމަށް ކަނޑައަޅާފައެވެ.

އޭގެ ފަހުން ބޮޓްސްވާނާ، ބެލްޖިއަމް، ހޮންގްކޮންގު އަދި އިޒްރޭލުން ވެސް ވަނީ އެ ވައިރަސް ފެނިފަ އެވެ. އދގެ ސިއްހަތާ ބެހޭ އިދާރާއިން ބުނީ އޮމަކްރޯން ވޭރިއަންޓް އެހެން ގައުމުތަކަށް ހަލުވިކަމާއެކު ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޓެގް

ތައިލެންޑް އޮމަކްރޯން ކޮވިޑް-19 ލަންކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.