އިބްރާ ފުލުހަށް ޙާޒިރުކުރީ ކުރި ޓްވީޓްތަކާ ގުޅިގެން – ފުލުހުން
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ފުލުހުންގެ އިދާރާއަށް ރޭ ހާޒިރުކުރީ އޭނާ ކުރެއްވި ޓްވީޓްތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭ 20:30 ހާއިރު އިބްރާހީމް އިސްމާއީލް ފުލުހުންގެ އިދާރާއަށް ހާޒިރުކުރިކަމަށާއި، އޭނާ ހާޒިރުކުރީ މުޖުމަތަމަޢުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ފުލުހުން ފަށާފައިވާ ތަޙްޤިގާއި ގުޅިގެންކަމަށެވެ.
ދާދިފަހުން އިބްރާހިމް އިސްމާއިލް ސޯޝަލް މީޑިއާގައި އިސްލާމް ދީނާއި، ކީރިތި ރަސޫލާ އަށް ނިސްބަތްކޮށްވަނީ ވަރަށް ދަށުދަރަޖައިގެ ވާހަކަ ތަކެއް ފަތުރާފައވެ. އޭނާ ދެއްކި ވާހަކަތަކާގުޅިގެން ގިނަބަޔަކުދަނީ ނުރުހުން ފާޅުކުރަމުންނެވެ.
