ޚަބަރު

އަދާލަތު ޕާޓީއަށް އިބްރާ ވަރުގަދަ ރައްދެއް ދީފި

އެމްއެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އަދާލަތު ޕާޓީއާއި ގުޅޭގޮތުން ގިނަ ބަޔަކު ފާޅު ކުރަމުންދާ ޝުއޫރުތަކާއި، އަދި އެޕާޓީގެ ރައީސް އިމްރާން ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި އިބްރާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އަދަލާތު ޕާޓީއަކީ ސިޔާސީ ގޮތުން އެއްވެސް ބާރެއް އޮތް ބައެއް ނޫންކަމަށެވެ.

އިބްރާވަނީ، ސިޔާސީ ގޮތުން މިވީ 17 އަހަރެއްހާ ދުވަހު އަދާލަތު ޕާޓީން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކޮށްފައިވާ ސިޔާސީ މަސައްކަތްތަކަށް ކުރުކޮށް ބަލާލާފައެވެ. އެގޮތުން 17 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އަދާލަތަށް ކާމިޔާބު ކުރެވުނީ އެންމެ ގޮޑިއެއް ކަމަށާއި، މިހާތަނަށް ބޭއްވި އެއްވެސް ރިޔާސީ އިންތިޚާބެއްގައި އަދާލަތުން ވާދަކޮށްފައި ނުވާކަމަށް އިބްރާ ވިދާޅުވިއެވެ. އަދާލަތަކީ މުޅި ރާއްޖެއިންވެސް 15،000 ވޯޓުވެސް ލިބޭނެ ވަރުގެ ޕާޓީއެއް ނޫންކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަކީ އަވާމެންދުރެއް. ސިޔާސީ ބާރެއް އޮތް ބައެއް ނޫން. އެހެނަސް އެމަންޒަރު ދައްކައިގެން އުޅެނީ. މިދިޔަ 17 އަހަރު މަޖިލީހުން ހޯދުނީ އެންމެ ގޮޑިއެއް. ރިޔާސީ ކެނޑިޑޭޓެއް ނުނެރޭ. މުޅި ރާއްޖެއިން 15،000 ވޯޓެއް ނުނެގޭނެ.

– އިބްރާ ވިދާޅުވިއެވެ.

އަދާލަތަށް އަމާޒުވަމުންދާ ފާޑުކިޔުން ތަކާއި ގުޅިގެން އެޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ހިތްހަމަ ނުޖެހުން ކަމުގައިވީނަމަވެސް އަދާލަތު ޕާޓީގެ މަސައްކަތް އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫންކަމަށެވެ. އިސްލާމް ދީނުގެ ފުރިހަމަ މަފްހޫމުގައި ސިޔާސީ މަސައްކަތުގައި އަދާލަތު ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމުގައި އިމްރާން ވިދާޅުވިއެވެ.

އެއް ކޮމެންޓް

  1. ޢަދާލަތު ތަ..؟ ނޫނީ ޖަހާލަތު ޕާރޓީތަ…؟؟ ކޯބުރާ ބުންނަސް މީހަމަ ވަރަށް ބޮޑުތެދެއް… ކުރިން ދުވަހެއްގެވެސް އަމީން އެވެނިޔު ކައިރިން ދިމާވި އަންހެންކު ބުނީ ތިމަންނަ އުރަމަތީގައި އިމްރާނު ހިފިއޭ.. އެވާހަކަ ދެއްކީމަ މޮޔައަކަށް ހަދާފަ ތިމަންނަ ވަޒީފާއިން ވަކި ކުރިމަ އެއީ އޭނަ ނުކުރާ ކަމަކަށް ވާނެހޯ.. މުސްކުޅިން ބުނެ އުޅެ އެއްނުން އަޑެއްކިއްޔާ ރެނދެއް ލާނެއޭ.. އެހެންވީމާ ދީނަށް ލައްކަ ހިދުމަތްކުތެނިފައޭނު އެހުރީ..

  2. ތިކަލަލާދީނީމުޖުރިމުން ނަހައްޤުފައިސާ ފަނިޔާރުންނަށް ބިރުދައްކައިގެ
    ހޯދާ ޖާހިލުން މިޤަވްމުގަ އާއްމުން ގަތުމުން ވާގޮތް މިޤަވްމުން
    މިފެއްނަނީ !
    އަދިވެސް ތިޔަދުވަނީ އަތުލެވެން ހުރިގޮތަކުން ސަރުކާރުދަވާލަމުން
    އުއްމުޖަމީލުކަލަކަހަލަ ޝަހިންދާއަކު އުފެދުނީވެސް ތިގޭތެރެއިން
    ފެށުނީއްސުރެން ތިޔަ އިބުރާއަކީވެސް ދީނުގެ ދުސްމަނެއްކަން ވަރަށްސާފުކޮށް ދިވެހިންނަށް ސާފުވޭ!
    އިޔާޒު ވިދާޅުވި ހިނހޫތަނުން ކާ ބަޑުކަލް ހަވާލުދާރުންނަކީ
    ތިކަހަލަ މީހުން ! އަދިވެސް ވަރަށް ވާހަކަ އެބަހުރި!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close