ޚަބަރު ލޭ ހަދިޔާކުރުމުގެ އާދަ އަށަގެންނެވުމަކީ އާންމު ސިއްހަތުގެ ރައްކާތެރިކަމަށް މުހިންމު ކަމެއް: ރައީސް

ލޭ ހަދިޔާކުރުމުގެ އާދަ އަށަގެންނެވުމަކީ އާންމު ސިއްހަތުގެ ރައްކާތެރިކަމަށް މުހިންމު ކަމެއް: ރައީސް

ލޭ ހަދިޔާކުރުމުގެ އާދަ އަށަގެންނެވުމަކީ އާންމު ސިއްހަތުގެ ރައްކާތެރިކަމަށް މުހިންމު ކަމެއް: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ މުޖުތަމައުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި، އެމަނިކުފާނު ވިދާޅުވީ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު، ދާއިމީކޮށް ލޭ އަޅަންޖެހޭ ބަލިމީހުންނަށާއި ކުއްލި ހާލަތްތަކުގައި ފަރުވާ ބޭނުންވާ ފަރާތްތަކަށް ވަގުތުން ލޭ ލިބި، އެތައް ފުރާނައެއް ސަލާމަތްކުރެވޭ ކަމަށެވެ.

ބޭސްވެރިކަމާއި ޓެކްނޮލޮޖީއަށް އަންނަ ޒަމާނީ ބަދަލުތަކާއެކުވެސް، ލެޔަކީ އޭގެ ބަދަލުގައި އެހެން ވަސީލަތެއް ބޭނުންނުކުރެވޭނެ މުހިންމު އެއްޗެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ބޭނުންވާ ވަގުތު ލޭ ލިބޭނެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހިފައި އޮތުމަކީ ސިއްހީ ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި، ފުރިހަމަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އާންމުން ހޭލުންތެރިކޮށް، އަމިއްލައަށް ލޭ ހަދިޔާކުރުމުގެ ރޫހު އާލާކޮށް މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ. ކޮންމެ އަހަރެއްގެ ޖޫން 14 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހަކީ، ގަވާއިދުން ލޭ ހަދިޔާކުރުމަށް ބާރުއަޅައި، އެކަމުގެ މުހިންމުކަން ބައިނަލްއަގުވާމީ ފެންވަރުގައި ހަނދާންކޮށްދޭ މުހިންމު ދުވަހެކެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.