ޚަބަރު

ކެނެޑާއިން ޗައިނާއާއިއެކު ހަދާ ވިޔަފާރީގެ އެއްބަސްވުމެއްގެ ސަބަބުން މުދަލުގެ ޑިއުޓީ ބޮޑުކުރާނަން - ޓްރަމްޕް

ކެނެޑާއާއި ޗައިނާއާ ދެމެދު އިޢުލާނުކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމައިގެން އެޤައުމުގެ ބޮޑުވަޒީރު މާކް ކާނީ ކުރިއަށް ވަޑައިގަންނަވާނަމަ، ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 100 އިންސައްތަ ޓެރިފް ނުވަތަ ޑިއުޓީ ނަގާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ‘ޓްރުތް ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ބަނދަރަކަށް ކެނެޑާ ހެދިދާނެ ކަމަށް ކާނީ ގަބޫލުފުޅު ކުރައްވާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.

“ކެނެޑާއިން ޗައިނާއާއެކު އެއްބަސްވުމެއް ގާއިމުކޮށްފިނަމަ، އެމެރިކާއަށް އެތެރެކުރާ ކެނެޑާގެ ހުރިހާ މުދަލަކުން ވަގުތުން 100 އިންސައްތަ ޓެރިފް ނަގަން ފަށާނެ،” ކާނީއަށް ބޮޑުވަޒީރުގެ ބަދަލުގައި “ގަވަރުނަރު” ގެ ނަމުން މުޚާތަބު ކުރައްވަމުން ޓްރަމްޕް ލިޔުއްވާފައިވެއެވެ.

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އަލްޖަޒީރާއިން ސުވާލު ދެންނެވުމުން، ކާނީގެ އޮފީހުން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

ޓްރަމްޕް މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ، ސްވިޒަލޭންޑްގެ ދާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ކާނީ ދެއްވި ތަޤުރީރެއްގައި، ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމާ ގުޅިގެން މި ހަފުތާގައި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

“އަޅުގަނޑުމެން މިތިބީ އާދައިގެ ބަދަލެއްގެ މެދުގައެއް ނޫން، މިއީ މުޅި ނިޒާމު ރޫޅިގެންދާ ވަގުތެއް،” ކާނީ ވިދާޅުވިއެވެ. އަދި ބިރުދެއްކުމާއި އިންޒާރުތަކާ ކުރިމަތިލުމުގައި ދުނިޔޭގެ މެދުފަންތީގެ ބާރުތަކުން އެއްބާރުލުން އިތުރުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close