ޚަބަރު އެފްކޮންސް ވިއްކާލިޔަސް އެއްވެސް މަޝްރޫއެއް ނުހުއްޓޭނެ: މިއުވާން

އެފްކޮންސް ވިއްކާލިޔަސް އެއްވެސް މަޝްރޫއެއް ނުހުއްޓޭނެ: މިއުވާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ އެފްކޮންސް ވިއްކާލިޔަސް ރާއްޖޭގައި ކުރިޔަށްދާ އެއްވެސް މަޝްރޫއުއަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ ބިލިއަނަރު، ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވެ އެފްކޮންސް ވިއްކާލަން ނިންމާފައިވާ ކަމަށް އެ ގައުމުގެ މީޑިއާގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ތިމަލާމެ ބްރިޖާއި އައްޑޫ މަގު ހެދުން ހިމެނެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކުންފުނިތަކަށް ފައިދާވާނެ ގޮތަށް މުދާ ގަތުމާއި ވިއްކުމަކީ އާއްމުކޮށް ހިނގާ ކަންތައްތައް ކަމަށެވެ. އެގޮތަށް، ބްރިޖު ހަދާ ކުންފުނި ވިއްކާލިޔަސް މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށާއި ޝެޑިއުލާ އެއްގޮތަށް މިހާރު ވެސް މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް، ޓީއެމްއޭގެ ހިއްސާތައް ވެސް އެތައް ފަހަރަކު ވިއްކާލިޔަސް އޮޕަރޭޝަން ހުއްޓުމަކަށް ނާންނަ ކަމަށެވެ.

އެފްކޮންސް ވިއްކާލުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި އެއްވެސް މުއާމަލާތެއް ކޮށްފަ ނުވާކަމަށް ވިދާޅުވި އެވެ. އަދި އެ ހަބަރު ސަރުކާރަށް ލިބުނީ ނޫސްތަކުން ކަމަށް މިއުވާން ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެފްކޮންސް ވިއްކާލަން އަގު ޖެހުމުގެ މަސައްކަތް އެޑްވައިޒަރަކު މެދުވެރިކޮށް ކުރަން އެފްކޯންސްގެ މައި ކުންފުނި ޝާޕޫރްޖީ ޕަލޯންޖީން އަންނަނީ ވިސްނަމުންނެވެ. މިހާރު ކުރިއަށްދަނީ އެޑްވައިޒަރަކު ހޯދުމުގެ މަސައްކަތްކަން އެ މަސްދަރުތަކާ ހަވާލާދީ ބުނެފައިވެއެވެ.

ޓެގް

އެފްކޮން މިއުވާން ތިލަމާލެބްރިޖް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.