ޚަބަރު

ކޮވިޑް ކޭސްތައް އިތުރުވަނީ ، މިއަދުވެސް 79 މީހުން ޕޮޒިޓިވް ވެއްޖެ

އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުގައި މިފަހަރަކަށް އައިސް ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. މިއަދުވެސް 79 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ހާމަކުރައްވާފައެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 36 މީހުންނާއި ރިސޯޓުތަކުން 35 މީހުންނާއި، މީހުން ދިރިއުޅޭ އެހެން ރަށްރަށުން ހަ މީހުންނާއި، ސަފާރީ ފަދަ ލިވްއެބޯޑްތަކުން ދެ މީހުންނެވެ.

މި ކޭސްތަކާ އެކު ރާއްޖެއިން ޕޮޒިޓްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،712އަށް އަރާފަ އެވެ.

ރިސޯޓުތަކުގެ ކޭސްތައް ގިނަވަމުންދާއިރު، ރިސޯޓުތަކުގައި ރެންޑޮމް ސާމްޕަލްތައް ނަގަމުންދާ ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވި އެވެ. ރިސޯޓުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދަނީ އެގޮތުން ހަދާ ޓެސްޓުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ބަލި ޖެހިފައި ތިބީ، 1017 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދަނީ 79 މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވީ 24 މީހުންނެވެ. ރަނގަޅު މީހުންގެ ޖުމްލަ އަދަދު ވަނީ 13639އަށް އަރާފަ އެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 49 މީހުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close