“އިންޑިއާ އައުޓު” ހަރަކާތުގެ ފަހަތުގައި ތިބީ ޗައިނާއާއި ޕާކިސްތާން ކަމުގައި އިންޑިއާއިން ތުހުމަތު ކޮށްފި
ދިވެހިރާއްޖޭގައި މިހާރު ސިލްސިލާކޮށް ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރާކާތަކީ، ޗައިނާ އާއި ޕާކިސްތާން އަޑީގައި އޮވެގެން ކުރިޔަށް ގެންދާ ހަރާތެއް ކަމުގައި އިންޑިއާއިން ތުހުމަތު ކޮށްފިއެވެ.
ދުނިޔޭގެ އެންމެބޮޑު އެއް ނިއުސް އެޖެންސީ އަލްޖަޒީރާ ނިއުސް ނެޓްވާކުން އިއްޔެގެ މުޒާހަރާގެ ކަވަރޭޖް ގެނެސްދީފައިވާއިރު އެ ކަވަރޭޖްގައި ބުނެފައިވަނީ، ރާއްޖޭގައި މިހާރު ކުރިޔަށްދާ އިންޑިއާ އައުޓު ކެމްޕޭނަށް ޗައިނާ އަދި ޕާކިސްތާނުން އެހީތެރިކަން ފޯރު ކޮށްދެމުންދާކަމުގެ ތުހުމަތު އިންޑިއާ ސަރުކާރުން ކުރަމުންދާ ކަމުގައެވެ.
އިންޑިއާ އައުޓު މުޒާހިރާތައް ފުޅާވަމުން ގޮސް، މިމުޒާހިރާތަކުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެ، އަދި “އިންޑިއާ އައުޓު” އަޑުތައް ބައިނަލް އަގުވާމީ މީޑިއާތަކާއި ހަމައަށް މިހާރުވަނީ ފޯރާފައެވެ.
“އިންޑިއާއަށްޓަކާ ރާއްޖޭހެ މިނިވަންކަން ގުރުބާން ކޮށްފައިވާ” ކަމަށް އިދިކޮޅުންނާއި، ބައެއް އަވަށްޓެރި ޤައުމުތަކުންވެސް ދަނީ ތުހުމަތު ކުރަމުންނެވެ. އެކަމަކު އެކަން ދިފާއު ކުރާން ސަރުކާރުގެ ފަރާތުން ޖަވާބުދާރީ ވާތަނެއް އަދި ފެންނަމުން ނުދެއެވެ.
ސަރުކާރުން ތުހުމަތު ކުރަނީ އެފަދަ ހަރަކާތްތަކަކީ ރައްޔިތުންނާއި، ރައްޔިތުން ޖައްސާ އަދި އަދި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ޤާނޫނުން ބޭރުން ވައްޓާލުމުގެ ނިޔަތުގައި ނުސީދާ ގޮތެއްގައި އިދިކޮޅުން ޖައްސއިގެން އުޅޭ ސްޓަންޓެއްކަމުގައެވެ.
އިދިކޮޅު ފަރާތްތަކުން، ސަރުކާރުގެ މައްޗަށް ކުރަމުންދާ ސީރިއަސް އަދި މި ބޮޑު ތުހުމަތުތަކުގެ ވާހަކަތައް ބައިނަލް އަގުވާމީ މީޑިއާތަކުން ގެނެސް ރިޕޯޓު ކުރަމުން ދާއިރު، ސަރުކާރުގެ ހިމާޔަތުގައި ދައުލަތުގެ ވަޒީރުންވެސް ވާހަކަ ދައްކާ މަންޒަރު ފެންނަމުންނެއް ނުދެއެވެ. ސިޔާސީ އިސް މަގާމްތަކުގައި އެތައް ބަޔަކު ތިބި އިރުވެސް، އިންޑިއާއަށް ތާއީދުކޮށް، ސިޔާސީ ވަޒީފާތަކުގައި ތިބި ގިނަ މުވަޒަފުން ބަސް ބުނަމުން ނުދާކަންވެސް ފާހަގަ ކޮށްލެވެއެވެ.
އަނެއްކޮޅުން ފެންނަ ބޮޑު މަންޒަރަކީ އިދިކޮޅުން ރާވާ މިފަދަ ހަރަކާތްތަކުގައި އެމްޑީޕީގެ އެކްޓިވިސްޓުން ވެސް އަމަލީ ގޮތުން ބައިވެރިވެފައިވާ ތަން ފެންނަން ފެށުމެވެ.

