ކުޅިވަރު ރޮނާލްޑޯ އަށް އަލް ނަސްރު އިން ހާއްސަ ތަރުޙީބެއް ދީފި

ރޮނާލްޑޯ އަށް އަލް ނަސްރު އިން ހާއްސަ ތަރުޙީބެއް ދީފި

ރޮނާލްޑޯ އަށް އަލް ނަސްރު އިން ހާއްސަ ތަރުޙީބެއް ދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕޯޗުގަލްގެ ގައުމީ ޓީމާ އެކު ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކުރިމަތިވި މައްސަލަތަކާ ގުޅިގެން އަލް ނަސްރުގެ ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ދީފިއެވެ.

2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު އަލް ދިރިޔާއާ ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗުގެ ކުރިން ރޮނާލްޑޯގެ ހަނދާނުގައި ސަޕޯޓަރުން ވަނީ ބޮޑު ބެނާއެއް ދައްކާލައިފަ އެވެ. އެ މެސެޖުގައި ރޮނާލްޑޯގެ ކާމިޔާބީތައް ފާހަގަކޮށް "GREATNESS IS EARNED - ALL TIME TOP GOAL SCORER" ލިޔެފައިވެއެވެ. ސަޕޯޓަރުން ވަނީ އޭނާގެ ނަން ވެސް 7 ވަނަ މިނެޓުގައި ގޮވާފައެވެ.

ރޮނާލްޑޯ ވަނީ ދަނޑުމަތީގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވަނީ އަލް ނަސްރު އަތުން 3-0 އިން އަލް ދިރިޔާ މޮޅުވި މެޗުގައި ފުރަތަމަ ލަނޑު ޖަހައިފައެވެ. މި ލަނޑާއެކު އޭނާގެ ކެރިއަރުގެ ޖުމްލަ 981 ލަނޑު ޖަހައި 1،000 ލަނޑު ކާމިޔާބުކުރި އެވެ.

މެޗަށް ފަހު ރޮނާލްޑޯ ވަނީ ސަޕޯޓަރުންނަށް ތައުރީފު ކޮށްފަ އެވެ. އޭނާ ވަނީ އަލް ނަސްރު ސްކާފެއް ނަގައި އޭނާގެ ކަރުގައި އަޅައި، އަދި އެ ކްލަބުން ވަނީ އެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

އަލް ނަސްރާ އެކު ރޮނާލްޑޯގެ ގުޅުމަކީ ގޯލް ޖެހުމަށް ވުރެ މާ ބޮޑު ގުޅުމެކެވެ. ކެޕްޓަނެއްގެ ހައިސިއްޔަތުން އޭނާ އަކީ ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ކްލަބްތަކަށް ކުޅުމުގެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރިއެކެވެ. އޭނާގެ ޑެޑިކޭޝަން، ޕްރޮފެޝަނަލިޒަމް އަދި ވިނިން މެންޓަލިޓީގެ ސަބަބުން އޭނާ އަކީ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި މުހިންމު ޝަހުސިއްޔަތެކެވެ. އޭނާ ހުރުމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ ފުޓްބޯޅައަށް ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ ލއިތުރުވެފައެވެ.

ފުޓްބޯޅައިގައި ހިޔާލު ތަފާތުވުންތަކާއި އުނދަގޫ ވަގުތުތައް ކުރިމަތިވެދާނެ ކަމަށް ބެލެވޭ އިރު، ސަޕޯޓަރުންގެ ތައުރީފު ވަރަށް ސާފުކޮށް އެނގެއެވެ. ސައޫދީ އަރަބިއްޔާގައި ރޮނާލްޑޯ ކުރިއަށް ގެންދާއިރު، އޭނާ މަސައްކަތް ކުރާނީ އިތުރު ލަނޑުތައް ޖަހައި، ޓްރޮފީ ހޯދައި، އަލް ނަސްރުއާ އެކު އިތުރު ކާމޔާބީތައް ހޯދަން ކަމަށް ބެލެވެއެވެ.

ޓެގް

ރޮނާލްޑޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.