ޚަބަރު ފެނަކައިގެ އެމްޑީ އަފީފް އެ މަގާމުން ވަކިކޮށްފި

ފެނަކައިގެ އެމްޑީ އަފީފް އެ މަގާމުން ވަކިކޮށްފި

ފެނަކައިގެ އެމްޑީ އަފީފް އެ މަގާމުން ވަކިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު އަފީފް ހުސައިން އެ މަގާމުން ވަކިކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކަށަވަރުކޮށްދީފިއެވެ.

މިދިޔަ އެޕްރީލް މަހުގެ 27 ގައި އެ މަގާމާ ހަވާލުވެވަޑައިގެންނެވި އަފީފް މަގާމުން ދުރުކުރިކަން މިއަދު ވަނީ ރަސްމީކޮށް އަންގާފައެވެ.

އަފީފަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފެނަކައިގެ ވެރިޔާގެ މަގާމުން ވަކިކުރެއްވި ތިންވަނަ ބޭފުޅާއެވެ. މީގެކުރިން މި ސަރުކާރުގައި އެ މަގާމު އަދާކުރެއްވި މުއާޒް މުހައްމަދު ރަޝީދުގެ އިތުރުން މުހައްމަދު ނަޖާހުވެސް ވަނީ އެ މަގާމުން ދުރުކޮށްފައެވެ. ކުރިން ފެނަކައިގެ ޗެއާމަންކަންވެސް ކުރެއްވި އަފީފްގެ ދައުރުގައި އޭނާ މައިގަނޑު ގޮތެއްގައި މަސައްކަތް ކުރެއްވީ މުވައްޒަފުންގެ އަދަދު މަދުކޮށް، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށެވެ.

ފެނަކަ ކޯޕަރޭޝަން އެއްކޮށް އުވާލައި، އެ ކުންފުނީގެ ހުރިހާ ޚިދުމަތްތަކެއް ސްޓެލްކޯގެ ދަށަށް ގެންދަން ނިންމާފައިވާކަން ރައީސް މުއިއްޒު ވަނީ މިދިޔަ މަހު އިއުލާނު ކުރައްވާފައެވެ. ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކައިގެ ތެރޭގައި ހިންގާފައިވާ ބޮޑެތި ޚިޔާނާތްތަކުގެ ސަބަބުން، އެ ކުންފުންޏަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެން އިތުރަށް ހިންގޭނެ ކުންފުންޏެއް ނޫން ކަމަށް ފަންނީ މާހިރުންގެ ދިރާސާތަކުން ދެއްކުމާ ގުޅިގެންނެވެ.

ޓެގް

ފެނަކަ ކޯޕަރޭޝަން ފެނަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.