ޚަބަރު ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރަން އުރީދޫ މޯލްޑިވްސްއިން އިސްލާމިކް މިނިސްޓްރީއާއެކު ބޮޑު މަޝްރޫޢެއް ފަށައިފި

ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރަން އުރީދޫ މޯލްޑިވްސްއިން އިސްލާމިކް މިނިސްޓްރީއާއެކު ބޮޑު މަޝްރޫޢެއް ފަށައިފި

ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރަން އުރީދޫ މޯލްޑިވްސްއިން އިސްލާމިކް މިނިސްޓްރީއާއެކު ބޮޑު މަޝްރޫޢެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގެ ހާލަތު ބަލައި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގެ މުހިންމު މަޝްރޫޢެއް ހިންގުމަށްޓަކައި އުރީދޫ މޯލްޑިވްސްއިން އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާއާއެކު ޚާއްޞަ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. "އުރީދޫ މަސްޖިދުނާ" ގެ ނަމުގައި ކުރިއަށްގެންދާ މި އިނީޝިއޭޓިވްގެ ދަށުން ކޮންމެ އަހަރަކުވެސް ބަރަކާތްތެރި ރަމަޟާން މަސް އައުމުގެ ކުރިން މަދުވެގެން ފަސް މިސްކިތެއް މަރާމާތުކުރުމަށް ވަނީ ނިންމާފައެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑް އޮފީހުގައި ބޭއްވި އިފްތިތާޙީ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު ޝާދީ ޤަވާސްމީއެވެ.

މި މަޝްރޫޢަކީ އުރީދޫގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްޤީއަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ފަހުމުނާމާގެ ދަށުން މިސްކިތްތަކުގެ އުމްރާނީ މަރާމާތުގެ އިތުރުން، އެ ތަންތަނުގައި ކުރަންހުރި އެކި މަސައްކަތްތައް ސަރުކާރާއި އުރީދޫ ގުޅިގެން ސިލްސިލާކޮށް އިންތިޒާމުކުރެވިގެންދާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ދީނީ އަދި އިޖުތިމާއީ ގޮތުން މުޖުތަމަޢަށް ބޮޑެތި ފައިދާތަކެއް ކުރާނެ ބިނާތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އަމާޒަކީ މިފަދަ ގުޅުންތަކުގެ ތެރެއިން މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުން ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ޓެގް

އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.