ރައީސް ކާށިދުއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް!
މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސާލިހު ކާށިދޫއަށް ވަޑައިގެންނެވުމުން އެ ރަށުން ރައީސްއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މަރުހަބާ ވިދާޅުވުމުގައި އިސްކޮށް ހުންނެވީ ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ޖާބިރުއެވެ.
މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަ ކުރުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. ރައީސްގެ މި ދަތުރުފުޅުގައި ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިރޭ ކ.އަތޮޅު މަދަރުސާގައި ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެއެވެ. އަދި، ޖަލްސާއަށް ފަހުގައި އޮންނަ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖާފަތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.


