މުނިފޫހި

ޙަޔާތުގެ ޞަފްޙާއެއް – ކުރުވާހަކަ

މަރިޔަމް ރައުހާ

ދުނިޔެމަތީގައި ވީ ހަމަހިމޭން ކަމުގެ ސާލަކެވެ. އެންމެން ފުން އަރާމު ނިންޖަކުން ނިދާފައިވީއިރު އަހަރެންގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އަހަރެން ނުނިދި ދެފަރާތަށް ފުރޮޅި އޮތް އިރު ލޯބިވާ ފިރިމީހާއޮތީ ނިދިފައެވެ. އަހަރެންގެ ހިތުގައި އަޅަމުން މިދާ ވޭނަކީ ކޮން ކުށެއްގެ ޝަޒާއެއްބާއޭ އަހަރެންގެ ހިތަށް އަރައެވެ. އޭރުގެ ހަނދާން ތަކާއި ދުރަށް ގޮސް ނިދޭތޯ މަސައްކަތް ކުރި ނަމަވެސް އަހަރެންގެ ޚިޔާލުގެ އުޅަނދު މާކަނޑަށް ނިކުމެ ދުއްވައިގަންފިއެވެ.

ގުޅުންހުރި ލިޔުންތައް

އަހަރެއްނާއި ރާއިންގެ ލޯބީގެ ގުޅުން އެންމެ ފުރަތަމަ ފެށުނީ މަދަރުސީ ހަޔާތުންނެވެ. ގާތް އެކުވެރިންގެ ގޮތުގައި އުޅެމުން އައިސް ލޯބި ވެވުނީ އެއްވެސް ގަސްތަކާ ނުލައެވެ. ލޯބިން އެކުގައި ދުވަސް ތަށް ވޭތުވަމުންގޮސް މަދަރުސީ ހަޔާތް ނިންމާލާއި ދެމީހުންގެ ކައިވެނީގެ ކަންތަކާ މަޝްވަރާ ކުރީމެވެ. މާގިނަ ދުހުވަސްތަކެއް ނުވަނިސް ކައިވެނީގެ ގޮށް ޖަހާލެވުނެވެ. އެދުވަހަކީ އަހަރެންގެ ހަޔާތުގެ އާ ސަފްހާއެއް ހުޅުވުނު ދުވަހެކެވެ. ލޯބިވާ މަންމަ ދޫކޮށް ވަކިން އުޅެން ޖެހުމުން ނުހަނު ހިތާމަ ކުރީމެވެ. ނަމަވެސް އަބަދުވެސް މަންމަ ބަލާދޭނަން ކަމަށް ވައުދުވީމެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ކައިވެންޏަށް އަހަރެއް ވީދުވަހެވެ. އެއީ ކައިވެނި ކުރީއްސުރެ ވެސް އަހަރެން އެންމެ އިންތިޒާރުކުރި އެއް ދުވަހެވެ. ކުލަގަދަކޮށް ފާހަގަކުރަން ނުހަނު ގިނަ އުންމީދުތަކެއް ކުރީމެވެ. އެހެންނަމަވެސް ހާލަތު ވަނީ ބަދަލު ވެފައެވެ. އެންމެ އުފާކުރަންވީ ދުވަހު އަހަރެން ވަށައިގެންވީ ހިތާމައިގެ ރާޅެކެވެ. އެދުވަހަކީ އަހަރެން ދުވަހަކުވެސް ދެކެން ބޭނުން ނުވި ދުވަހާ ކުރިމަތިލާން ޖެހުނު ދުވަހެވެ. ކުރިމަތިން ފެނުނީ އަހަރެންގެ ބައިވެރިޔާ އަހަންނަށް ދޯކާ ދޭތަނެވެ. ވަގުތުން ދެލޮލުން ހޯސްލާފައި ކަރުނަތަށް އޮހޮރިގަތެވެ. ފަޅި ސިކުންތެއްވެސް މަޑުނުކުރާންވެގެން އެމީހުންނާ ދުރަށް ދިޔައީމެވެ. ރާއިން މާފުކުރުމަށް އެދި ކުރިއާދޭސްތަކަށް ދިނީ ބީރުކަންފަތެކެވެ.

އެއި އަހަރެންގެ ހަޔާތުގައި އައި އެންމެ އަނދިރި ދުވަސްތަކެވެ. ރާއިންއާ ނުލާ ދިރިހުރުމުގެ އެއްވެސް މާނައެއް ނެތް ކަހަލައެވެ. އެންމެނަށް ކުރާ އިތުބާރުވެސް އެއްކޮށް ފޮހެލެވުނެވެ.

އެތަށް އަހަރުތަކެއް ވޭތުވެ ދިޔައިރުވެސް އަހަރެން އާ ދިރިއުޅުމެއް ނުފަށަމެވެ. އެ ހިތާމަވެރި ހަޔާތުން ނުކުމެވޭތޯ ވަޒީފައަކަށް ދާން ފެށީމެވެ. އެއީ ކާމިޔާބީއަށް ވަސިލުވާން ނެގުނު އެންމެ ބޮޑު ފިޔަވަޅެވެ. އަހަރެންނާއި ނާއިމް ބައްދަލުވީވެސް މަސަތްކަތުގެ މާހައުލުންނެވެ. އޭނާގެ އޯގާތެރިކަމާއި އަޚްލާގު ފެނި އަހަރެންގެ ހިތް ލެނބުނެވެ. ނަސީބުހުރިގޮތުން ދެމިހުނަށްވެސް ލޯބިވެވުނެވެ. އަލުން އިތުބާރުކުރެވުނެވެ. އާފެށުމަކުން އަލުން ފެށީމެވެ.

އެއީ މީގެ ފަސް އަހަރު ކުރިއެވެ. މިއަދު އަހަރެންނަކީ ނުހަނު އުފަލުގައި އުޅޭ އަންބެކެވެ. ލޯބި ލޯބި އަންހެން ކުއްޖެއްގެ މަންމައެކެވެ. ނާއިމް އަކީ އަހަރެންގެ ނަސީބެވެ. އެންމެން އެއްގޮތް ނުވާނެކަމަށް އަހަންނަށް ވިސްނުނީތީ އުފާކުރަމެވެ.      

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close