ޚަބަރު

ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު (ޝިއާ) ގެ ފޮޓޯތައް ލީކް ކޮށްލައި


ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ ފޮޓޯތައް ލީކް ކޮށްލައިފި ކަމަށް ބައެއް މީޑިއާތަކުން ކަށަވަރު ކޮށްދީފިއެވެ.

ބައެއް މީޑިއާއިން ތުހުމަތު ކުރާގޮތުގައި ޝިއާގެ ފޮޓޯ ލީކް ކޮށްލާފައި ވަނީ ފުލުހުންގެ ތެރެއިންނެވެ.

ލީކްވެފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުން ފެނަންފަށާފައިވަނީ ރެއިން ފެށިގެން ކަމަށް އެފޯޓަށް ދުށް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިިޕޯޓޤކުރެެއެވެ.

ފޮޓޯތައް ފެނުނު ބައެއް މީހުން ނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއް ފޮޓޯއަކީ ޝިއާ މަރާލުމުގެ ކުރިން ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ދޮރުގެ ކާޓެއިން ކައިރީ ކޮޅަށް ފުރަގަހަށް އެނބުރިގެން ހުރި މަންޒަރެވެ.

ބެލެވޭގޮތުގައި އެއީ އެރޭ ނެގި ފޮޓޯއެކެވެ. އެއީ މަރާލާފައި އޮއްވާ ނެގި ފޮޓޯތަކާއި މަރާލުމުގެ ކުރީގެ ފޮޓޯއިން ފެންނަ ހެދުން އެއް ގޮތް ވީމައެވެ.

‎ދެން ލީކްވި ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ސޯފާއެއް ކައިރީގައި ޝިއާގެ ހަށިގަނޑު އޮތްތަން ކަމަށާއި، އޭރު އޭނާގެ ދެ އަތާއި ކަނާތު ފައި އަދި ބޯ އޮތީ ބުރިކޮށްލާފައި ކަމަށް ފޮޓޯތައް ފެނުނު ފަރާތްތަކުން ބުނެއެވެ.

އަދި ކަނާތުގެ ބޮޑު ބައެއް ހިމެނޭހެން ދެ އަތްވެސް ބުރިކޮށްލާފައި އޮތްއިރު، ވާތު ފައިވެސް ބުރިކޮށްފައި އޮތްކަން ޔަގީން ނުކުރެވޭ ކަމަށާއި، ފެންނަ ފެނުމަށް ސޯފާ ދަށަށް ވާ ގޮތަށް ވާތު ފައި ބުރި ނުކޮށް އޮތް ކަމަށް ބެލެވޭ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ދެން ލީކްވި ފޮޓޯއިން ފެންނަނީ ޝިއާ މަރާލި ތަން ކަމަށް ބެލެވޭއިރު، އެއީ ދިރިއުޅޭ ކޮޓަރި އާއި ދިމާލުން ހަދާފައި އިން ކޮޓަރިއެއް ކަމަށް ބެލެވެއެވެ.

އަދި އެތާ ބިންމަތީގައި ލޭގެ ކޯރެއްހެން އޮތްއިރު، ލޭތައް ހުރީ ހިކިފައި ކަމަށް ބެލެވޭ ކަމަށް ފޮޓޯތައް ފެނުނު ފަރާތްތަކުން ކިޔާދީފައި ވެއެވެ. އެހެންކަމުން ފޮޓޯތައް ނަގާފައި ހުރީ ޝިއާ މަރާލިތާ ގިނައިރުތަކެއް ފަހުން ކަމަށް އެނގެއެވެ.

ފޮޓޯތައް ފެނުނު ބައެއް މީހުން ބުނިގޮތުގައި، ބަދިގޭގެ ކަބަޑަށްވެސް ގިނަ އަދަދެއްގެ ލޭ ބުރައިގެން ގޮސްފައި ހުއްޓެވެ.

ޝިއާގެ މަރުގެ މައްސަލައާ ގުޅިގެން ރޭ ފޮޓޯތައް ލީކް ވުމާއި ގުޅިގެން މިހާތަނަށް ފުލުހުން އެއްޗެއް ވިދާޅެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close