ޚަބަރު ޤައުމީ ޓީމްގެ ކެޕްޓަން އަކްރަމް މާޒިޔާއަށް ސޮއިކޮށްފި

ޤައުމީ ޓީމްގެ ކެޕްޓަން އަކްރަމް މާޒިޔާއަށް ސޮއިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، އަކްރަމް އަބްދުލްޣަނީ މާޒިޔާ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ. މާޒިޔާއަށް އަކްރަމް ސޮއިކޮށްފައިވަނީ މިއަދުއެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ ކުޅުންތެރިން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން އަކޫ އެޓީމާ ގުޅުނުއިރު ، އަކްރަމް އެންމެ ފަހުން ކުޅުނީ ކްލަބު އީގަލްސްއަށެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހު އޮތް އޭއެފްސީ ކަޕްގެ ޕްލޭ އޮފްގައެވެ. އޭގެ ކުރިން އަކޫ ކުޅުނީ ވެލެންސިޔާއަށެވެ.

ނޭޕާލުގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ގޯލް ކީޕަރު ކިރަން ލިމްބޫގެ ވެސް މާޒިޔާ އާއި ގުޅިފައިވާ އިރު ކުރިއަށް އޮތް ސީޒަނުގައި އެޓީމަށް ކޯޗް ކޮށްދޭނީ ތަޖްރިބާ ކާރު ކޯޗް މުހައްމަދު ސިޔާޒް، މޯހަންއެވެ.

އަކްރަމް އަލުން އެނބުރި މާޒިޔާއަށް މިއައީ އެޓީމަށް ކުރިން އަކުރަމް ކުޅުނުތާ ދިހަ އަހަރަށް ފަހުއެވެ. ދެހާސް އެގާރަވަނަ އަހަރުވެސް އަކްރަމް ކުޅުނީ މާޒިޔާއަށެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމަށް ކްލަބް ތަކުން މަސައްކަތް ފެށިނަމަވެސް ކުޅުންތެރިން ހޯދުމާއި، ކޯޗުން ހަމަޖެއްސުންފަދަ ކަންކަން އަދި މާ ރަނގަޅަކަށް ކުރިއަށް ދާކަމަކަމަށް ފާހަގައެއް ނުކުރެވެއެވެ.

ޓެގް

މާޒިޔާސްޕޯޓްސް ކްލަބް އަކްރަމް ޤައުމީޓީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.