ޚަބަރު ފުޓްސެލް މެޗް ހޫނުވެ ހިނގި ހަމަނުޖެހުމުގައި މެންބަރު ހަސަންޓޭއަށްވެސް ހަމަލާ ދީފި

ފުޓްސެލް މެޗް ހޫނުވެ ހިނގި ހަމަނުޖެހުމުގައި މެންބަރު ހަސަންޓޭއަށްވެސް ހަމަލާ ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރ.އުނގޫފާރުގައި މިއަދު ކުޅުނު ފުޓްބޯޅަ މެޗެއްގައި ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މެންބަރު ހަސަންޓޭއަށްވެސް ހަމަލާ ދީފައިވާޢިރު، އެ ތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާވެއްޖެއެވެ.

އުނގޫފާރުގައި މިއަދު ހަވީރު ކުޅުނީ ލިޓަސް ރ.އަތޮޅު ފުޓްބޯޅަ ޗެލެންޖުގެ ފައިނަލް މެޗެވެ.

ހަމަނުޖެހުން ހިނގަން ފެށީ އިނގުރައިދޫން 3 ލަނޑުގެ ލީޑެއް ނެގި ހިސާބުންނެވެ.

އެ ގޮތުން ދުވާފަރު ޓީމުގެ ސަޕޯޓަރުން ދަނޑުތެއަށް ގަލާއި ފެންފުޅި އުކަން ފެށުމުން ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ބޮޑުވިއެވެ.

ފުލުހުން އެކަން ކޮންޓްރޯލް ކުރި ނަމަވެސް މެޗު ނިމުމާއެކު ހަމަނުޖެހުންތައް ހިނގައި އެ ތަނުގައި ތިބި ބައެއް ކުދިންނާއި އަންހެނުންނަށް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނީ އެ ހަމަނުޖެހުމުގައި 14 އަހަރުގެ ކުއްޖަކާއި 39 އަހަރުގެ މީހަކަށް އަނިޔާވެގެން ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ހަމަނުޖެހުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ޓެގް

އިނގުރައިދޫ ދުވާފަރު އުނގޫފާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.